ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 18:06
އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު ރައިޓް އޮނަރަބަލް މާކް ފީލްޑް
އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު ރައިޓް އޮނަރަބަލް މާކް ފީލްޑް
ގޫގުލް
ޔޫކޭ ޕާލިމަންޓް ބަހުސް
ގާނޫނާ ޚިލާފަށް ރައީސް ޔާމީން ރައްޔިތުންގެ މަޖިލިހަށް ހުރަސް އަޅުއްވަފާނެ ކަމާ މެދު އިނގިރޭސި ޕާލިމެންޓުގައި ބަހުސްކޮށްފި
އާ ސަރުކާރުން އަލުން ރާއްޖެ ކޮމަންވެލްތަށް ވައްދާނެ ކަމަށް އުއްމީދު ކުރަން
ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު ދަށަށްދާތީ އެކަމާ ކަންބޮޑުވޭ
މަދަނީ ޖަމްއިއްޔާ ތަކާއި މީޑިއާ އަށް ނުރައްކާތައް ދަނީ ކުރިމަތިވަމުން

ގާނޫނާ ޚިލާފަށް ރައީސް ޔާމީން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކައް ހުރަސް އަޅުއްވަފާނެ ކަމާމެދު އިނގިރޭސި ޕާލިމެންޓުގައި އަންގާރަ ދުވަހު ބަހުސް ކޮށްފިއެވެ.

އިނގިރޭސި ޕާލިމެންޓުގައި މި ކަމާބެހޭ ގޮތުން ބަހުސް ކުރެވުނީ އިނގިރޭސި ޕާލިމެންޓުގައި ހިމެނިވަޑައިގަންނަވާ ރިޗްމަންޑް ޕާކްގެ މެމްބަރު ޒެކް ގޯލްޑްސްމިތް ޕާލިމެންޓަށް އަންގާރަ ދުވަހު ހުށަހެޅުއްވި ސުވާލަކާ ގުޅިގެންނެވެ.

އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު ރައިޓް އޮނަރަބަލް މާކް ފީލްޑް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު ދަށަށްދާ ކަން ފާހަގަ ކުރެއްވިފައިވާ ކަމަށާއި، އިދިކޮޅު ލީޑަރުން ހައްޔަރު ކުރުމާއި، ޝަރީއަތް ހިންގުން އިތުރުވެފައިވާ ކަމަށާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށާއި މަދަނީ ޖަމްއިއްޔާތަކަށާއި، މީޑިއާ އަށް ނުރައްކާ އިތުރުވަމުންދާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ. އަދި މި ކަންބޮޑުވުންތައް ދިވެހި ސަރުކާރަށް ތަކުރާރުކޮށް އިނގިރޭސި ސަރުކާރުން ހުށަހަޅުއްވާފައިވާނޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސި ޕާލިމެންޓަށް ޕާލިމެންޓުގެ މެމްބަރ ޒަކް ގޯލްޑްސްމިތް ހުށަހެޅުއްވި ސުވާލުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އިދިކޮޅު ސިޔާސީ ޕާޓީތަކަށް ލިބިފައިވުމާއެކު، މަޖިލިހުގެ މަސައްކަތްތައް ހުއްޓުވުމަށް ރައީސް ޔާމީން ގާނޫނާ ޚިލާފް ކަންތައްތަކެއް ކުރައްވަފާނެ ކަމާމެދު ވަޒީރު ކަންބޮޑުވެ ވަޑައިގަންނަވާތޯ ފާހަގަ ކުރައްވާފައިވެއެވެ. މި ސުވާލަކީ، ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީ ކުރިއެރުވުމަށާއި، އިނގިރޭސި ވިލާތާއި ކޮމަންވެލްތާއި ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކެއް ކަން ފާހަގަ ކުރައްވާފައިވެއެވެ.

މި  ބަހުސްގައި ވަޒީރު އިތުރަށް ވިދާޅުވީ، 2016 ވަނަ އަހަރު ރާއްޖޭން އަމިއްލަ އަށް ކޮމަންވެލްތުން ވަކިވި ވަކިވުމަކީ އިނގިރޭސި ސަރުކާރުން ކަންބޮޑުވި ކަމެއް ކަމަށާއި، ރާއްޖޭގެ އައު ސަރުކާރުން ކޮމަންތާ އަލުން ގުޅުން ގާއިމް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

- ކޮމެންޓް