އަވައްޓެރި ސްރީ ލަންކާގައި މިވަގުތު ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގހަ އާއި ބައްދަލު ކުރައްވައިފިއެވެ.
ދެބޭފުޅުން ބައްދަލު ކުރައްވަނިކޮށް ނަންގަވާފައި ހުންނެވި ފޮޓޯއެއް އެޓޭޗް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލަންކާގެ ޕްރައިމިނިސްޓަރާއެކު އެއްގަޑިއިރުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަޙާ ގުޅޭ މައުލޫމާތު ލަންކާގެ ބޮޑުވަޒީރަށް އޮޅުން ފިލުވައި ދެއވި ކަމަށެވެ. އެގޮތުން ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް ޝަރުއީ ދާއިރާއަށް ނުފޫޒް ފޯރުވުމަށް ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.
An honor to meet Sri Lankan PM @RW_UNP and brief him on Maldives: the proroguing of Parliament and subverting of the Judiciary. pic.twitter.com/KDZ61pRCSO
— Mohamed Nasheed (@MohamedNasheed) July 11, 2017
ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން މައްސަލައެއް ހުށަހަޅުމާއެކު އެމަޖިލީހުގެ ޖަލްސާތައް ވަނީ ހުއްޓާލާފައިވަނިކޮށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭފަދަ މައްސަލައެއް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސްޤާޒީއާއި އެކޯޓުގެ އިތުރު ގާޒީއެއް އެހެން ކޯޓަކަށް ބަދަލުކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރަކު ބަދަލު ކުރައްވާ އެކޮމިޝަންގެ ރައީސްވެސް ބަދަލުކުރައްވާފައި ވަނިކޮށެވެ.