ކ. މާލެ
|
7 ޖޫން 2023 | ބުދަ 07:26
އަންހެލް ޑި މާރިއާ
އަންހެލް ޑި މާރިއާ
ރޮއިޓަސް
އަންހެލް ޑި މާރިއާ
ޑި މާރިއާ ޔުވެންޓަސް ދޫކޮށްލަން ނިންމައިފި
ޑި މާރިއާ ވަނީ ޔުވެންޓަސް އަށް ކުޅެދިން 40 މެޗުން އަށް ލަނޑު ޖަހާފައި

2022 ވަނަ އަހަރުގެ ވޯލްޑް ކަޕު ކާމިޔާބުކުރި އަންހެލް ޑި މާރިއާ ޔުވެންޓަސް ދުކޮށްލަން ނިންމައިފިއެވެ.

ޑި މާރިއާ ޔުވެންޓަސް ދޫކޮށްލުމަށް ނިންމުމުން އޭނާގެ ކުރީގެ ކުލަބު، ބެންފިކާ އިން ދަނީ އޭނާ އަނބުރާ އެ ޓީމަށް ގެނައުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ރިޕޯޓުތަކުން ބުނާގޮތުން އޭނާގެ މުސްތަގުބަލު އަދި އޮތީ ޔޫރަޕު ފުޓުބޯޅައާއެކުއެވެ. އެގޮތުން، ދެ ޓީމަކުން އޭނާ ހޯދުމަށް މަސައްކަތް ކުރާކަމަށާ، ވަރަށް އަވަހަށް އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ.

35 އަހަރުގެ ޑި މާރިއާ ޕީއެސްޖީ އިން ޔުވެންޓަސްއަށް ބަދަލުވީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި، ހިލޭ ޓްރާންސްފާއެއްގެ ގޮތުގައެވެ. އޭނާ ވަނީ ޔުވެންޓަސް އަށް ކުޅެދިން 40 މެޗުން އަށް ލަނޑު ޖަހާފައެވެ. ނަމަވެސް ޔުވެންޓަސްގެ ސަޕޯޓަރުން ވަނީ އޭނާއަށް ޖެއްސުންކޮށްފައެވެ.

ޔުވެންޓަސްއަށް ބަދަލުވުމަށްފަހު ޑި މާރިއާއަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޓީމުގެ އެޓޭކުތައް ފެށުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

އިންޖަރީގެ ގިނަ މައްސަަލަތަކެއް ދިމާވިނަމަވެސް، ޔުރޮޕާ ލީގު ޕްލޭ އޮފްގައި ނާންޓެސް ކޮޅަށް ތިން ލަނޑު ޖެހި މެޗު އެއީ ޔުވެންޓަސްގައި ފާހަގަކޮށްލެވޭމެޗަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް