ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 07:29
އިންޓަރމިލާނުގެ ބައެއް ކުޅުންތެރިން: ކުލަބުން ވަނީ ބޯނަސް ހުށަހަޅާފައި
އިންޓަރމިލާނުގެ ބައެއް ކުޅުންތެރިން: ކުލަބުން ވަނީ ބޯނަސް ހުށަހަޅާފައި
ގޫގުލް
އިންޓަރމިލާން
ޗެމްޕިއަންސް ލީގު ހޯދައިފިނަމަ ކުޅުންތެރިންނަށް 10 މިލިއަނުގެ ބޯނަހެއް
 
މިއީ އިންޓަރމިލާން ފައިނަލްގައި ކުޅޭ ހަތަރުވަނަ ފަހަރު

މެންޗެސްޓަރ ސިޓީ ބަލިކޮށް ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފިނަމަ އިންޓަރމިލާނުގެ ކުޅުންތެރިންނަށް 10 މިލިއަން ޔޫރޯގެ ބޯނަހެއް ހުށަހަށައިފިއެވެ.

އިންޓަރގެ މެނޭޖްމަންޓުން ކުޅުންތެރިންނާއެކު ހަދާފައިވާ ކޮންޓްރެކްޓްތައް ބުނާގޮތުން، ހޯދާ ތަށިތަކަށް ކުޅުންތެރިންނަށް ގާތްގަނޑަކަށް ފަސް މިލިއަން ޔޫރޯގެ ބޯނަހެއް ލިބެއެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ތަށި ހޯދުމަށް އިތުރަށް ބާރުއަޅައި ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެގޮތުން ކުލަބުގެ ރައީސް ސްޓީވަން ޒަހަންގް ވަނީ މި އަދަދު 10 މިލިއަނަށް އިތުރުކުރުމަށް ނިންމާފައެވެ.

ޗެމްޕިއަންސް ލީގުގެ ގަވާއިދުގައި ވާގޮތުގެ މަތިން، އިންޓަރމިލާން ތަށި ހޯދައިފިނަމަ އެ ޓީމަށް އިތުރު 4.5 މިލިއަން ޔޫރޯވެސް ލިބޭނެއެވެ.

އިންޓަރމިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިޔައީ 2010 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައެވެ. އެ ފަހަރު އިންޓަރ ތަށި ހޯދީ ފައިނަލްގައި ބަޔާން މިއުނިކް ބަލިކޮށްގެންނެވެ. އިންޓަރ ވަނީ އެކުލަބުގެ ތާރީހުގައި ތިން ފަހަރު ޗެމްޕިއަންސް ލީގު އުފުލާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
67%
33%
0%
0%
ކޮމެންޓް