ކ. މާލެ
|
9 ޖޫން 2023 | ހުކުރު 11:31
ފޮޑެންއާއި އަލްވަރޭޒް ވެސް މެޗުގައި ލަނޑުޖެހި
ފޮޑެންއާއި އަލްވަރޭޒް ވެސް މެޗުގައި ލަނޑުޖެހި
ރޮއިޓާސް
މެންޗެސްޓާ ސިޓީ
ތިންތަށި ހޯދައިފިނަމަ ސިޓީގެ ކުޅުންތެރިންނަށް ބޮޑު ބޯނަސްއެއް
 
ސީނިއާ ކުޅުންތެރިންނަށް އެއް މިލިއަނަށްވުރެ ގިނަ ފައިސާ ލިބޭނެ

މި ސީޒަނުގައި ތިން ތަށި ހޯދައި މެންޗެސްޓާ ޔުނައިޓެޑްގެ ރެކޯޑާ ހަމަހަމަކޮށްފިނަމަ މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނަށް ވަރަށް މަތީ އަދަދަކަށް ބޯނަސް ދިނުމަށް އެކުލަބުން ނިންމައިފި އެވެ.

ސިޓީ ވަނީ މި ސީޒަނުގެ އެފްއޭކަޕާއި އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. ތިންތަށި ހޯދުމަށް އެ ޓީމަށް ބާކީ އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އިޓަލީގެ އިންޓަމިލާނާ ދެކޮޅަށް ކުޅެން ޖެހޭ ޗެމްޕިއަންސް ލީގު ފައިނަލަށެވެ.

ސިޓީގެ މެނޭޖްމަންޓުން ނިންމާފައިވަނީ ތިން ތަށި ހޯދައިފިނަމަ ކުޅުންތެރިންނަށް ފަސް ލައްކަ އާއި އެއް މިލިއަން ޔޫރޯއާ ދެމެދުގެ އަދަދަކަށް ބޯނަސް ދިނުމަށެވެ. މި ގޮތުން ބޯނަސް ލިބޭނެ އެކި ކުޅުންތެރިންނަށް އެކި މިންވަރަށެވެ. ޓީމުގެ އެންމެ ސީނިއާ ކުޅުންތެރިން ކަމަށްވާ ޑެވިން ޑެބްރޫނޭ އާއި ކެޕްޓަން އިކާއީ ގުންޑޮގަން އަދި ފޯވަޑް އާލިން ހާލަންޑް ފަދަ ކުޅުންތެރިންނަކީ އެންމެ މަތީ އަދަދުން ބޯނަސް ލިބޭނެ ކުޅުންތެރިންނެވެ. ރިޕޯޓްތައް ބުނާގޮތުން މިފެންވަރުގެ ކުޅުންތެރިންނަށް މަދުވެގެން ބޯނަސްގެ ގޮތުގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ޔޫރޯ ލިބޭނެ އެވެ.

އަބޫދާބީގެ މަހުޖަނަކު ހިންގަމުން އަންނަ ސިޓީއިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނަމަ އިނާމް ފައިސާގެ ގޮތުގައި ވެސް އެ ޓީމަށް 10 މިލިއަނަށްވުރެ ގިނަ ފައިސާ ލިބޭނެ އެވެ.

ޗެމްޕިއަންސް ލީގަކީ ސިޓީއިން އެންމެ ބޮޑަށް ބޭނުންވާ ތައްޓެވެ. ސަބަބަކީ މި ތަށި މިހާތަނަށް އެ ކުލަބަށް ލިބިފައިނުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
20%
40%
40%
0%
0%
0%
ކޮމެންޓް