އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ބަދަލުވުމަކީ ރާއްޖޭގެ 80 އިންސައްތަ ރައްޔިތުން ޤާބޫލެއްނުކުރާ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ދިރާސާއެއްގައި ދެއްކި ކަމަށް ބުނެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ދެއްކެވި ވާހަކައަށް ޓްރާންސްޕޭރެންސީ މޯލްޑިވސްއިން ރައްދުދީފި އެވެ.
ޕީޕީއެމް، އެމްޑީއޭއިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް އިޝާރަތްކުރައްވާ ނިހާން ވިދާޅުވީ ޓްރާންސްޕޭރެންސީން ކޮށްފައިވާ ދިރާސާއަކީ މިއަދު ފާހަގަކުރެވުނު ކަމެއް ނޫން ކަމަށެވެ.
މިވާހަކައަށް ރައްދުދެއްވައި ޓްރާންސްޕޭރެންސީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެދިރާސާއިން މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމަކީ މެމްބަރުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ރައްޔިތުން ޤާބޫލުކުރިޔަސް މެމްބަރުންގެ ގޮނޑި ގެއްލުވާއި ނުލައި ކޮރަޕްޝަނާއި ދުރުކުރޭވެނެ މާ ހަރުދަނާ ގޮތްތައް ހުންނާނެ ކަމަށެވެ.
instead of anti-defection laws or punishing MPs by taking away their seat, there are more effective ways to stop corruption.
— Transparency MV (@TransparencyMV) July 11, 2017