Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 13:07
އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު
އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު
ޕީޕަލް މެގަޒިން
ގާޒީ އަހްމަދު ރަޝީދު
ފޯޖު ކުރި ކަމަށް ބުނި ސޮޔަކީ ސައްހަ ސޮޔެއް: މެމްބަރު އަހްމަދު ރަޝީދު
މައްސަލައިގައި ވޯޓު ނަގާނީ މިމަހު 24 ގައި
މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅީ 45 މެންބަރުން ސޮޔާ އެކު
މެންބަރު ގާރީ އަޙުމަދު ރަޝީދުގެ ސޮޔާ މެދު ކުރިން ވަނީ ސުވާލު އުފައްދާފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ ވަގު ސޮޔެއް ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެއީ ސައްޚަ ސޮޔެއް ކަމަށް އޭނާ އެއްބަސްވެވަޑައިގެންފިއެވެ. 

 

ޕީޕީއެމް އެމްޑީއޭއިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ އެވަގުތު މަސީހްގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގެން ކަމަށެވެ.  އަދި އެކަންކުރެއްވީ ބަފަޔަކު ފަދަ ބޭފުޅަކު އެދުމުން ކަމެއް ކޮށްދޭ އުސޫލުން ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ފަހުން ވިސްނާލުމުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފަހުން އެނގިވަޑައިގަތުމުން އެކަން ނުކުރެއްވޭނެކަން އެންގެވި ކަމަށް ވިދާޅުވިއެވެ. 

 

މެމްބަރު ރަޝީދު ވިދާޅުވީ ސޮއި އަނބުރާ ގެންދެވުމަށް ނިންމެވީ އެކަން އަހްމަދު ފާރިޝް މައުމޫނަށް ދެންނެވި ކަމަށެވެ.

 

ނަމަވެސް މި މައްސަލަ އެޖެންޑާކޮށްފައި ވަނީ މެމްބަރު އަހްމަދު ރަޝީދުގެ ސޮޔާ އެކުގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ނެގުން މި ޖުލައި މަހުގެ 24 ވަނަ ދުވަހު ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

 

މަޖިލީހަށް މައްސަލަ ހުށަހެޅުމާއި އެކު މި މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޤާރީ) ވަނީ އެންޑޯސްމަންޓް ލިސްޓުގައިވާ އެބޭފުޅާގެ ސޮއަކީ ވަގު ސޮއެއް ކަމަށް ވިދާޅުވެފައެވެ. ފުލުހުން އެ މައްސަލަ ބަލާނެ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ. 

 

ޤާރީ މިފަދައިން ވިދާޅުވިތާ ގިނަ އިރުތަކެއްނުވެ، އެންޑޯސްމަންޓް ޝީޓުގައި ޤާރީ ސޮއިކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއަކާއި، ސޮއިކުރެއްވުމަށް ފަހު ނަމާދު ކުރައްވައި ދުޢާކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

 

ފޮޓޯތައް އާންމުވުމާ އެކު ސޮއި ފޯޖުކުރި ވާހަކަ އޮބި، ޤާރީއަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެފައެވެ.

 

މައްސަލަ އެންޑޯސްކުރި މެންބަރުންގެ ތެރޭގައި، އެމްޑީއޭ ފިޔަވައި މަޖިލިހުގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، މަޖިލީހުގައި ތިބި އަމިއްލަ މެންބަރުން ވެސް ހިމެނެއެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމަށް އެންޑޯސްކުރި މެންބަރުންގެ ތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމްގެ 11 މެންބަރުން ހިމެނެއެވެ. އޭގެ ތެރެއިން ގާރީ ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ ޕީޕީއެމުން ވަކިވެފައެވެ.

 

މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފަހުން ހުށަހެޅުމާ އެކު، ޤަވާއިދަށް ބަދަލުގެނެސް އެފަދަ މައްސަލަ ހުށަހެޅޭނީ 42 މެންބަރުންގެ އެންޑޯސްމަންޓާއި އެކު ކަމަށް ނިންމުމުން، އެ އަދަދަށްވުރެވެސް ގިނައިން ސޮއި ހުށަހަޅައި، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިހާރު ވޯޓަކަށް ނުދިޔަ ނަމަވެސް މަސީހުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 ޖުލައި 2017 | އަންގާރަ 14:53
ފ
އިސްދޫގެ ރައްޔިތުންނައް މިއޮތީވާ ގާރީއެއްލިބިފަ... މަށައް ހަމަ ޔަގީން އިސޤދޫގެ ވަރައް ގިނަ ރައްޔިތުން މިހާރު މިކަމާއި ވަރައް ފުން ކޮއް ވިސް ނާނެ. މީގެ ބަދަލު ދެން ނަގާ ވޯޓަކުން ފެންނާނީ.