އައްޑޫ ސިޓީ
|
4 ޖޫން 2023 | އާދީއްތަ 19:33
ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު
ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ މުޅި ދެކުނުގެ ތަރައްޤީއަށް ލިބުނު ކުރިއެރުމެއް: ގައިސް
 
މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސް ކުންފުންޏާއި
 
ދުނިޔޭގެ އެކި މަންޒިލްތަކުން ފްލައިޓް ޖެއްސުމުގެ ހުވަފެން ހަޤީގަތަކަށް ވެގެން ދާނެ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ މުޅި ދެކުނުގެ ތަރައްޤީއަށް ލިބުނު ކުރިއެރުމެއް ކަމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވެއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާޙް ކުރުމަށް މިއަދު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ގައިސް ވިދާޅުވީ މިފެށިގެންދިޔަ މަޝްރޫއުއަކީ އައްޑޫ ރައްޔިތުންގެ ޒަމާންވީ ހުވަފެންތަކެއްގައި ކުލަ ޖެއްސުމުގެ މަސައްކަތް ކަމަށާއި މިއީ މުޅި ދެކުނުގެ ތަރައްޤީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ޒަމާންވީ ދިގު ތާރީޚުގެ ތެރެއިން ގަން އެއަރޕޯޓް ތަރައްޤީ ކުރުމުގެ ވާހަކަ އެކި ފެންވަރުގައި ދެކެވި އެކި މަސައްކަތްތައް ކުރެވިފައިވީ ނަމަވެސް މިއަދު ފެށިގެންމިދާ މަޝްރޫއުއާއި އެކު، ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިހާރު އެބައޮތް ކަމަށް ގައިސް ވިދާޅުވިއެވެ.

އެގޮތުން މިފެށިގެންދާ މަޝްރޫއުގެ ތެރެއިން ދުނިޔޭގެ އެކި މަންޒިލްތަކުން، ސީދާ ފްލައިޓް އައްޑޫ ގަމަށް ފެށުމަށްޓަކައި ބޭނުންވާ އެންމެހާ ވަސީލަތްތައް ޤާއިމް ކުރެވޭނެ ކަން ފާހަގަކުރައްވަމުން ގައިސް ވިދާޅުވީ މިކަމަށް ޑިމާންޑް އުފެއްދުމަށްޓަކައި އައްޑޫ ސިޓީގައި ފަތުރުވެރި ކަމަށް 7000 އެނދު ތަރައްޤީކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިއީ ދެކުނުގެ ތަރައްޤީއަށް ލިބިގެންދާނެ އިންގިލާބެއްކަން ފާހަގަކުރައްވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް އަދި ވަކިން ޙާއްސަކޮށް އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރައްވަމުންގެންދާ މަސައްކަތްތައް ގައިސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ގަން އެއާޕޯޓާ މެދު އައްޑޫގެ ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހިގެންދާތަން ފެނިގެން މިދަނީ. އަދި އައްޑޫގައި ފަތުރުވެރިކަމުގެ އެނދު ތަރައްޤީ ކުރަން ކުރާ މަސައްކަތް ފެނިގެން ދާ އިރު، ދުނިޔޭގެ އެކި މަންޒިލްތަކުން ފްލައިޓް ޖެއްސުމުގެ ހުވަފެން ހަޤީގަތަކަށް ވެގެން ދާނެ
ގައިސް ނަސީރު

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވަނީ ފައްޓަވައި ދެއްވާފައެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސް ކުންފުންޏާ އެވެ. މަޝްރުޢޫގެ އެއްބަސްވުމުގައި މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހު ސޮއިކޮށްފައިވާ އިރު އެ ކުންފުނިން މިހާރު ވަނީ މޮބިލައިޒްވެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ. ދެހާސް ފަންސަވީހުގައި ނިންމަން ހަމަޖެހިފައި މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ހަރަދު ވާނެ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް