Advertisement
ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 15:21
ހައްޖާޖީންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ
ހައްޖާޖީންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ
ހައްޖު ކޯޕަރޭޝަން
ހައްޖާޖީން ފުރުމުގެ އިންތިޒާމް
މިއަހަރުގެ ހައްޖާޖީން މި މަހުގެ 12 ވަނަ ދުވަހު ފުރަން ފަށާނެ
މި ފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައި
ސައޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދީފައިވަނީ 1000 ކޯޓާ
ހައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ދަނީ ހަމަޖައްސަމުން

1444 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ މީހުން މި މަހުގެ 12 ވަނަ ދުވަހުން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައެވެ. އެއީ ޖޫން މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 12 ޖޫން 2023 ގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން 290 ހައްޖާޖީން، 13 ޖޫން 2023 ގައި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން 90 ހައްޖާޖީން، 15 ޖޫން 2023 ގައި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑުން 90 ހައްޖާޖީން، 16 ޖޫން 2023 ގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 290 ހައްޖާޖީން، 16 ޖޫން 2023 ގައި އަލްޙަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 90 ހައްޖާޖީން އަދި 19 ޖޫން 2023 ގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން 290 ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ހައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާހަމައަށް ގެންގޮސްދިނުމާއި، ހައްޖުވެރިންގެ އާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

ހައްޖަށްދާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ހައްޖުވެރިންނަށް ޚާއްސަ ބަސް ޕޮއިންޓްތަކަށް ބަލާއިރު، މާލެއިން ވެސްޓް ޕާކް، ސޯޝަލް ސެންޓަރ، 01 ނަންބަރު ފާލަން، ހެންވޭރު ފެރީ ޓާމިނަލް، ހައުސިންގ މިނިސްޓްރީ، ދަރުބާރުގެ، ޒިކުރާ މިސްކިތް، ގަލޮޅު ދަނޑު، ޓޭބަލް ޓެނިސް އެސޯސިއޭޝަން ނުވަތަ ހެންވޭރު ދަނޑު ކުރިމަތި އަދި އޯކިޑް މަގާ ފަރީދީ މަގުން ހަމަޖެހިގެންދާނެއެވެ.

ހުޅުމާލެ ފޭސް އެކަކުން ދަތުރުކުރާ ފަރާތްތަކަށް ނިރޮޅު މަގު، ބަގީޗާ ހިނގުމުގެ ބަސް ޕޮއިންޓުން ޚިދުމަތް ލިބޭނެއެވެ. އަދި ހުޅުމާލެ ފޭސް 2ގެ ބަސް ސްޓޮޕް 1، ހުޅުމާލެ ފޭސް 2ގެ ބަސް ސްޓޮޕް 2 އަކުން ޚިދުމަތް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ވިލިނގިލިން ދަތުރުކުރާ ފަރާތްތަކަށް ފެރީ ޓަރމިނަލްއިން ދަތުރުކުރެވޭނެ ޚާއްސަ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

ސައޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދީފައިވަނީ 1000 ކޯޓާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް