ކ. މާލެ
|
2 ޖޫން 2023 | ހުކުރު 17:31
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީ
ޗާގޮސް މައްސަލާގައި ބާއްވާ އެއްވުން
މިރޭގެ އެއްވުމުން އުފެދޭނީ ފިތުނަފަސާދަ: ގާސިމް
މިރޭ ބައެއް ސިޔާސީ ޕާޓީތަކުން ބާއްވަން އުޅޭ ބައްދަލުވުމުން ނެރެވޭނެ ނަތީޖާއެއް ނެތް
ގައުމު ހަލަބޮލިކޮށް، ފިތުނަފަސާދަ އުފެއްދުމަކީ މާތްﷲ ނަޙީ ކުރައްވާފައިވާ ކަމެއް
އެންމެން ވެސް ބޭނުންވާނީ އިންތިޚާބުގައި ވާދަކުރެވޭނެ މަގު ބަންދުކޮށްލުން ކަމަށް ގާސިމް ތުހުމަތު ކުރެއްވި

ގައުމު ހަލަބޮލިކޮށް، ފިތުނަފަސާދަ އުފެއްދުމަކީ މާތްﷲ ނަހީކުރައްވާފައިވާ ކަމެއް ކަމަށާއި، މިރޭގެ އެއްވުމަށް ނުދިއުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޗާގޯސް މައްސަލާގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން ދަނީ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި އެއްވުން ބާއްވަން ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގަ އެވެ.

މި އެއްވުމާއި ގުޅޭގޮތުން ހުކުރު ދުވަހުގެ މެންދުރު ވީޓީވީއަށް ދެއްވި އިންޓަވިއުގައި ގާސިމް ވިދާޅުވީ، ޗާގޯސް މައްސަލައިގައި ފުރަތަމަ ދެކޮޅު ހެއްދެވީ އެބޭފުޅާ ކަމަށާއި، ސަރުކާރުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށް އެންމެ ފުރަތަމަ ބުނީ ވެސް ޖޭޕީން ކަމަށެވެ. އެ މައްސަލައާ ގުޅިގެން ޖޭޕީގެ ފަރާތުން ބަޔާންތައް ނެރެ، ނުރުހުންފާޅު ކުރި ކަމަށް ގާސިމް ވިދާޅުވިއެވެ. ކަނޑުވިއްކާލި މީހުންގެ ލިސްޓުގައި ޖޭޕީ ނުހިމެނޭނެކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެންމެ ކުޑަ އިންޗި އެއްވެސް ދިވެހި ދައުލަތުގެ ބިމުން އަދި ކަނޑުގެ ސަރަހައްދުން ވެސް ގެއްލެން ބޭނުންފުޅު ނުވާ ކަމަށެވެ.

ނަމަވެސް ޗާގޯސްގެ މައްސަލައާ ގުޅުވައި މިރޭ ބައެއް ސިޔާސީ ޕާޓީތަކުން ބާއްވަން އުޅޭ ބައްދަލުވުމުން ނެރެވޭނެ ނަތީޖާއެއް ނެތް ކަމަށާއި، އެކަމަކުގެ ސަބަބުން ފިތުނަ ފަސާދަ އުފެދުން ނޫން ކަމެއް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަޔަކު ސިޔާސީ ގޮތުން ވަކި ނަތީޖާއެއް ނެރުމަށް ކުރާ ކަމަކަށް ޖޭޕީގެ މެންބަރުން ދާން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާ ކަމަށާއި، ނަތީޖާއެއް ނެރެވޭ ފަދަ މަސައްކަތެއް ވެސް ކުރެވޭނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އެއްވުންތައް ބޭއްވި ނަމަވެސް ޗާގޯސް މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށާއި، އެކަމުގައި އިހުމާލުވި ބޭފުޅުންނާއި މެދު ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. މި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި ކަމަށް ބުނާ ސިޓީފުޅުގެ ހަގީގަތް ވެސް ނޭނގޭނެ ކަމަށާއި، އެމަނިކުފާނު ވެރިކަމުން ވެސް ދުރުނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން މަސައްކަތް ކުރަންވީ ދުރަށް ވިސްނައިގެން ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖޭޕީ އޮތީ ރައްޔިތުންނާއެކު ކަމަށާއި، ޗާގޮސް މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. ނަމަވެސް މިރޭ އޮންނަ އެއްވުމަށް ނުދިއުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ ގައުމު ހަލަބޮލިކޮށް، ފިތުނަފަސާދަ އުފެއްދުމަކީ މާތްﷲ ނަޙީ ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު ބަލަންވީ ބައިނަލްއަގުވާމީ ލަފާއާއެކު އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ އެންމެހައި މަގުތައް. ކޮންކަންތައްތަކެއްތޯ ބެލުމަށްފަހު ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތުން ކުރެއްވެން އޮތް މަސައްކަތް ކުރަންވީ ނަތީޖާއެއް ހޯދަން. އޭރުން ހާސިލްވާނެ ކަމެއް. ހަމަގައިމު ވެސް އަޅުގަނޑުގެ ވެރިކަމެއްގައި އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު އެކަން ހުށަހަޅާދޭނަން. ހަމަސް ދުވަހުގެ ތެރޭގައި އެއީ އެ ފުރުސަތު ލިބޭ ކަމަށްވަންޏާ. ނ. މިހާރުން މިހާރަށް ވެސް އެމަސައްކަތް ކުރަމުން މިދަނީ
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

މީގެ އިތުރުން ގާސިމް ވަނީ ޗާގޯސްގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ އެއްވުމުގައި ޖޭޕީން ބައިވެރިނުވާން ނިންމި ނިންމުމާ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން 01 މޭ 2015 ގައި މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ނަތީޖާ އާ ގުޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ މި ރޭގެ އެއްވުމަށް ދާނަމަ އެތަނުގައި ހިންގަފާނެ ނޭއްގާނީ ކަންތައްތަކެއްގެ އަގު އަދާކުރަންޖެހޭނީ އޭނާ ކަމަށެވެ.

ގާސިމް ވިދާޅުވީ އެތަނަށް މި ރޭ އެއްވާ ގިނަ އިސް ބޭފުޅުންނަކީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިގެން ތިއްބެވި ބޭފުޅުން ކަމަށާއި، އެ އެންމެން ވެސް ބޭނުންވާނީ މިއަހަރުގެ އިންތިޚާބުގައި އޭނާއަށް ވާދަކުރެވޭނެ މަގު ބަންދުކޮށްލުން ކަމަށެވެ. ބޮނޑިއެއް ލިބެންޏާ ލިބޭނީ އެބޭފުޅާއަށްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިރޭގެ އެއްވުމުގައި ބައިވެރިވެގެން ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށެވެ.

އެހެންކަމުން އެ އެއްވުމުގައި ބައިވެރިނުވުމަށް ޖޭޕީގެ ލީޑަޝިޕާއި މެމްބަރުންގެ ކިބައިން ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް