ކ. މާލެ
|
2 ޖޫން 2023 | ހުކުރު 12:00
ލި-ނިންގ އިންޓަރނޭޝަނަލް ޗެލެންޖްގައި ބޭރުން 303 ކުޅުންތެރިން ވާދަކުރޭ
ލި-ނިންގ އިންޓަރނޭޝަނަލް ޗެލެންޖްގައި ބޭރުން 303 ކުޅުންތެރިން ވާދަކުރޭ
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް
އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް އަންނަ ހޯމަ ދުވަހު ފަށަނީ
ބޭރުގެ ކުޅުންތެރިން ހޮނިހިރު ދުވަހު އަންނަން ފަށާނެ

ލި-ނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް އަންނަ ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މުބާރާތް އޮންނާނީ މި ޖޫން މަހުގެ 5-10 އަށް އެކުވެނި އެތެރޭ ކޯޓްގައެވެ. މުބާރާތުގައި ވާދަކުރާ ރާއްޖެއިން ބޭރުގެ ކުޅުންތެރިން ހޮނިހިރު ދުވަހު ރާއްޖެ އަންނަން ފަށާނެއެވެ. ރާއްޖެއިން ބޭރުން 303 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ. އޭގެތެރޭގައި 33 ޤައުމެއްގެ ކުޅުންތެރިން ހިމެނެއެވެ. އޮފިޝަލުންނާއެކު ރާއްޖެއިން ބޭރުން 350 އަށްވުރެ ގިނަ މީހުން މުބާރާތަށް އަންނާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއްވިއެވެ. ރާއްޖެއިންވެސް ތިރީހަށްވުރެ ގިނަ ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ.

މިއީ މިއަހަރު ރާއްޖޭގައި ބާއްވާ އިންޓަރނޭޝަނަލް ހަތަރު ވަނަ މުބާރާތެވެ.

- ކޮމެންޓް