ކ. މާލެ
|
2 ޖޫން 2023 | ހުކުރު 07:15
މެޓް އޮފީހުން ވަނީ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި
މެޓް އޮފީހުން ވަނީ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ވައިޓް އެލާޓް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ފަތިހު 5ން ހެނދުނު 11 ޖެހުމާ ހަމައަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

- ކޮމެންޓް