ކ. މާލެ
|
2 ޖޫން 2023 | ހުކުރު 07:03
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ވައިޓް އެލާޓް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 23:30ން ފެށިގެން ފަތިހު 5 ޖެހުމާ ހަމައަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

- ކޮމެންޓް