ޕެނަކްޓީގައި ރޯމާ ބަލިކޮށް, ޔޫރޮޕާ ލީގުގެ ތަށި މިފަހަރުވެސް ސްޕެއިންގެ ސެވިއްޔާއިން ހޯދައިފިއެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ސެވިއްޔާއިން ފައިނަލް މެޗު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވަރުވެ, ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފްގައި ވެސް އެ ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-1 ން ކުރި ހޯދައިގެންނެވެ. ފުރިހަމަ ވަގުތުގެ ތެރޭގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ރޯމާއިންނެވެ. ފުރަތަމަ ހާފްގައި ރޯމާއަށް ކުރި ހޯދައިދިނީ ދިބާލާއެވެ. ދެވަނަ ހާފްގައި ސެވިއްޔާއަށް ނަތީޖާ ހަމަހަމަވީ ރޯމާގެ މަންޗިނީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީވެސް އޭނާ އަތުން ނާކާމިޔާބުވިއެވެ. އެކަމަކު ދިބާލާ ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ އޭނާއެވެ.
މިއީ ސެވިއްޔާއިން މިމުބާރާތް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. އަދި އެޓީމް ފައިނަލްގައި ކުޅުނީ ވެސް ހަތް ފަހަރުއެވެ. ސެވިއްޔާއަކީ މިސީޒަންގައި ވެސް ލަލީގާގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނޭ ޓީމެއް ނޫނެވެ. އެކަމަކު ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓީމްގެ ގޮތުގައި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެއެވެ. މެޗަށް ނުކުތުމުގެ ކުރިން ރޯމާގެ ކޯޗު މޮރީނިއޯ މީގެކުރިން ކުޅުނު ޔޫރަޕިއަން ފަސް ފައިނަލް ވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފައިނަލުން ރޯމާ ބަލިވީ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ނަތީޖާ ނެރުމަށް ފުރުޞަތު ލިބި ބޭނުން ނުކުރެވިއެވެ.