ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 07:25
މަތީ ޘާނަވީން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރައީސް އިނާމު ދެއްވަނީ
މަތީ ޘާނަވީން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރައީސް އިނާމު ދެއްވަނީ
ރައީސް އޮފީސް
އޭލެވެލްގެ ގަދަ 10
އޭލެވެލްގެ ގަދަ 10ގައި 445 ދަރިވަރުން
 
މިއަހަރު 5 މާއްދާއިން A* ހޯދައިގެން 17 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10ގެ 1 ވަނަ ހޯދާފައި

މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން މިދިޔަ ދިރާސީ އަހަރު އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި 445 ދަރިވަރުންނަށް އިނާމު ދެއްވައިފިއެވެ.

މި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިޞަލު ނަޞީމްގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިންނެވެ. މިދިޔަ ދިރާސީ އަހަރު މަތީ ޘާނަވީ އިމްތިޙާން ނިންމި ދަރިވަރުންގެ ތެރެއިން 445 ދަރިވަރަކު ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އަދި 3 މާއްދާއިން A* ހޯދައިގެން 38 ދަރިވަރަކު އެޑެކްސެލް އެކްސެލެންސް އެވޯޑްވަނީ ޙާޞިލްކޮށްފައެވެ.

މީގެއިތުރުން ވަކިވަކި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު ނަތިޖާ 20 ދަރިވަރަކު ހޯދާފައިވާއިރު، 6 ދަރިވަރަކު އެކިއެކި މާއްދާއިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައިވެއެވެ. 5 މާއްދާއިން A* ހޯދައިގެން 17 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10ގެ 1 ވަނަ ހޯދާފައެވެ.

މަތީ އަރުތަވެރިންނަށް އިނާމް ދިނުމަށް ބޭއްވި ޖަލްސާގައި މަތީ އަރުތަވެރީންގެ އިނާމަށް ވާދަކުރުމުގެ ފުރުޞަތު އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ފުރަތަމަ ފަހަރަށްވަނީ ދީފައެވެ. 2021-2022 ވަނަ ދިރާސީ އަހަރު ރާއްޖޭގައި 2849 ދަރިވަރުން މަތީ ޘާނަވީ އިމްތިޙާން ފުރިހަމަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި