Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 02:07
މެންބަރު ނާޒިމް ރަޝާދު
މެންބަރު ނާޒިމް ރަޝާދު
ގޫގުލް
ނާޒިމް ރަޝާދު
މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހަށް ނާޒިމް ރަޝާދު ތާއީދެއް ނުކުރޭ!
ނާޒިމް ޕީޕީއެމުން ވަކިވި ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައި
ނާޒިމް ހޮވިފައިވަނީ އެމްޑީޕީ ޓިކެޓެއްގައި

ވިޕްލައިން އާއި ހިލާފުވުމުން ގޮނޑިގެއްލޭ އިސްލާހަށް ތާއީދު ނުކުރައްވާކަމަށް ތުޅާދޫ ދާއިރާގެ މެންބަރ ނާޒިމް ރަޝާދު ވިދާޅުވެފައިވާ ކަމަށް އެމެންބަރު އިންތިޚާބްވެފައިވާ ދާއިރާއިން ނެރޭ އޮންލައިން ނޫހެއް ކަމުގައިވާ ތުޅާދޫ އޮންލައިނުން ބުނެފިއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާކަމަށް އެސައިޓުގައި ބުނެފައި މިވަނީ ނާޒިމް ރަޝާދުވެސް މިވަގުތު ހުންނެވި ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައިވާ ކަމަށް ދެކެވޭ ވާހަކަ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ދޮގުކުރައްވާފައި ވަނިކޮށެވެ. އަދި މެންބަރުން ވަކިވާނެ ހާލަތްތަކެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައަށް ހޯމަ ދުވަހުގެރޭ ޕީޕީއެމް ޕީޖީ ގުރޫޕްގައި ބައިވެރިވި އެޕާޓީގެ މަޖިލިސް މެންބަރުންގެ އިއްތިފާގުން ތާއީދު ކުރައްވާ ކަމަށް ނިހާން ވިދާޅުވެފައިވަނިކޮށެވެ.  

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް ވަނީ  ސުޕްރީމު ކޯޓުގައި އެދިފައެވެ.

ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އެއީ މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމެވެ. މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްދިނުމަށެވެ.

މިކަމަށް އިޝާރާތް ކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ތުޅާދޫ އޮންލައިންއަށް ވިދާޅުވިކަމަށް އެސައިޓުގައި ބުނެފައިވަނީ މެންބަރެއްގެ ހިޔާލާއި ދެކޮޅަށް ޕާޓީގެ ވިޕަށްް އަމަލު ކުރަން ޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ވިޕާ ހިލާފުވެގެން ގޮނޑިގެއްލޭ އިސްލާހު ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އެގޮތުން ވިޕް ލައިން އާއި ހިލާފުވުމޭ ބުނަން ވަކި އުސޫލެެއް ނެތް ކަމަށާއި ދިމާވާ ހާލަތެއްގެ ސަބަބުން ވޯޓްނަގާ ޖަލްސާއަކަށް ހާޒިރު ނުވެވުމަކީވެސް ވިޕް ލައިން އާއި ހިލާފުވުން ކަމަށް ނާޒިމް ވިދާޅުވި ކަމަށް އެސައިޓުގައި ބުނެފައިވެއެވެ.

ނަމަވެސް މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީން ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމުން ގޮނޑި ގެއްލޭ އިސްލާހަށް ތާއީދު ކުރައްވާކަމަށް ނާޒިމް ވިދާޅުވި ކަމަށާއި އެއީ އެހެން ގައުމުތަކުގައިވެސް އެކަން އޮންނަނީ އެގޮތަށްކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ ޕާޓީ ބަދަލު ކުރުމަކީ ރާއްޖޭގައި ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ނާޒިމް މަޖިލީހަށް ހޮވި ވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައެވެ. ޕީޕީއެމް އާއި ގުޅިވަޑައިގަތީ 2014 ޖުލައި 02 ވަނަ ދުވަހުއެވެ.

ނާޒިމް ޕީޕީއެމުން އިސްތިއުފާ ދެއްވިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމުގެ ދޮގު ތެދު ހޯދުމަށް ނާޒިމަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ނާޒިމްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ޖުލައި 2017 | އަންގާރަ 11:07
ހަސަން
ޔަނާޒިމް ރަޝާދު އެކަމަށް ތާއީދެއް ނުކުރާނެތާ. އޭނާއަކީ ދެއިރު ދެދަޅައަށް ޕާޓީ ބަދަލުކޮށް ހަދާ މީހެއް ވިއްޔަ.
11 ޖުލައި 2017 | އަންގާރަ 04:05
ނައިފަރު ގޮނޑި
ސްޕްރީމް ކޯޓަށް މައްސަލަ ވެއްދި ހިސާބުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ގެންނަން ފެނޭ!