ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވަމުންދާ ސްކޫލްތަކާއި ހޮސްޕިޓަލްފަދަ ތަންތަން މަރާމާތު ކުރުމަށް އެހީ ހޯދަން އިނގިރޭސިވިލާތުގައި ފުޓްބޯޅަ މެޗެއް ކުޅެން ނިންމައިފި އެވެ.
މި މެޗުގައި އާސެނަލް އަށް ކުޅޭ ޔޫކްރެއިނުގެ ޑިފެންޑަރު އޮލެގެޒެންޑާ ޒިންޗެންކޯ އާއި ޔޫކްރެއިނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަންދްރޭ ޝެވްޗެންކޯ ވެސް ކުޅޭނެ އެވެ. އިޓަލީގެ އޭސީމިލާނުން ވިދާލި ޝެވްޗެންކޯ ވަނީ ޔީކްރެއިނުގެ ކެޕްޓަންކަންކޮށް ފަހުން އިނގިރޭސި ޕްރެމިއާ ލީގު ޗެލްސީ އަށް ވެސް ކާމިޔާބުކޮށްދީފަ އެވެ. އަދި މި މެޗު ކުޅެން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހު ޗެލްސީގެ ދަނޑުގަ އެވެ.
މީގެ އިތުރުން ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ވެސް މި މެޗުގައި ކުޅޭނެ ކަމަށް ޔޫކްރެއިނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެ އެވެ.
މި މެޗާ ބެހޭ ގޮތުން ޒިންޗެންކޯ ބުނީ މެޗުގެ ބޭނުމަކީ ސްކޫލްތައް ބިނާކުރުމަށާއި ދަރިވަރުންނަށް އެހީވާން ފައިސާ ހޯދުން ކަމަށެވެ.
ގްރެޖުއޭޝަން ރަސްމިއްޔާތުތައް ދަނީ ހަނގުރާމައިގެ ސަބަބުން ހުއްޓެމުން. ބައްޕައެއްގެ ހައިސިއްޔަތުން އަހަރެންނަށް އިހުސާސްވޭ ދަރިވަރުންގެ މާޔޫސްކަން. އަހަރެންނަށް ޔަގީން މި މެޗުގައި އާސެނަލް އާއި ޗެލްސީ އަދި އެހެން ޓީމުތަކަށް ކުޅުނު ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވާނެ ކަމަށްޒިންޗެންކޯ