Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 01:16
އިނގުރައިދޫ ދާއިރާގެ މެންބަރ ފަލާހް
އިނގުރައިދޫ ދާއިރާގެ މެންބަރ ފަލާހް
މުހައްމަދު ޝަރުހާން
ޕީޕީއެމް މެމްބަރުން
އިދިކޮޅު ފަރާތްތަކާ ޕީޕީއެމް މެންބަރުން ގުޅުނީ ފައިސާގެ ދަޅައަށް:ޕީޕީއެމް ފަލާހް
ފަލާހް މިހެން ވިދާޅުވީ އެޕާޓީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށްފަހު
މެންބަރުން ތިއްބެވީ ރައީސް ޔާމިންއާއެކު
އިދިކޮޅު ފަރާތްކުން ހިންގަނީ ބަޣާވާތެއް

ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ ގުޅުނު ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެޕާޓީ ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅިފައިވަނީ ފައިސާގެ ދަޅައަށް ކަމަށް ޕީޕީއެމް ޕީޖީ ގުރޫޕްގެ ނައިބު ލީޑަރ އިނގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ހޯމަ ދުވަހުގެރޭ ޕީޕީއެމް އޮފީހުގައި ބޭއްވި އެޕާޓީގެ ޕީޖީ ގުރޫޕްއާއި ރައީސް ޔާމިންއާ ބައްދަލު ކުރެއްވުމަށްފަހު އެއޮފީހުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ފަލާހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ އިދިކޮޅު ފަރާތްތަކުން ފައިސާގެ ދަޅަ ދެއްކުމުން ޕީޕީއެމްގެ ބައެއް މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ކަމަށެވެ.

ފަލާހް ވަނީ ޕީޕީއެމް ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންވެސް ވަނީ ރައީސް ޔާމީނާއެކު ސާބިތުވެ ތިބެ އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބަވައިގެން ވެރިކަން ސަލާމަތް ކުރެއްވުމަށް އިއްތިފާގްވެފައި ކަމަށެވެ. އަދި 2018 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ހުރިހާ މެންބަރުންވެސް އަތުކުރި އޮޅާލައިގެން ތިއްބެވުމަށްވެސް އިއްތިފާގް ވެފައިވާ ކަމަށެވެ.

ފަލާހް މިހެން ވިދާޅުވެފައިވާއިރު މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއްފަހަރާ އެމެންބަރުންގެ ސިޔާސީ ޕާޓީން ވަކިވަޑައިގެންފައިވަނީ ހޯމަ ދުވަހު ޕީޕީއެމުންނެވެ. އެގޮތުން ހޯމަދުވަހު އެކަނިވެސް ޕީޕީއެމުން ވަނީ 7 މެންބަރުން ވަކިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ޖުލައި 2017 | އަންގާރަ 12:11
މަ
އަގައިން ގުއިރަހަލައިތަ؟ މިއީލައްކަވާހަކަ ފަލާހޫ
11 ޖުލައި 2017 | އަންގާރަ 11:46
އެކްސް
އެހެން ޕާރޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވުނު މެމްބަރުންތައް ޕީ ޕީ އެމް އަށް ގެންދިއައީ ކިތައް މިލިއަންދީގެން ފަލާހުމެންގެ ވާހަކައިން އެބައެނގޭ ގަނެގެންކަން ގެންދިއައީ އެހެންވެތާ ވަކިވެގެންދިއަ މެމްބަރުންނާމެދު އެގޮތަށް ތުހުމަތު ތިކުރަނީ
11 ޖުލައި 2017 | އަންގާރަ 10:33
ޖިއްނި
ތިޔަބޭފުޅުން އޯލުދޫކަރަޔަށް ދިޔައީ އަސޭލާޖިއްނިއާ ބައްދަލުކުރަން! އެކަމަކު އެޖިއްނިވެސް މިހާެރު ހުރީ ގިނަ މީހުނާއެކު! ކަލޯ އެގޭތަ ތިޔަ ހިޔަޅުކަމަށްވުރެ ﷲގެ ކުޅަދުންވަންތަކަން މާބޮޑު! އަމިއްލަ އެދުމަށް އުޅޭ މީހުނަށް ﷲ ހެޔޮ ވިސްނުން ދެއްވާށި!
11 ޖުލައި 2017 | އަންގާރަ 08:14
ދަޅަ
މިހެންވީމާ މީގެއިން އެނގޭއެއްޗަކީ ޕީޕީއެމްގެ މެމްބަރުން ނަކީ ވަރަށް ފަސޭހައިން ފައިސާއަށް ހެއްލޭ ބަޔެކޭ ދޯ، ވަރަށް ހިތާމަހުރި
11 ޖުލައި 2017 | އަންގާރަ 08:00
ބަނާނާ އެންޑް ވާގް ޗޭކް
މެމްބަރު ކަމަށް ކުރިމަތީލީވެސް ދަޅަައަށް. މިހާރު ފިތިފަ ތިބީވެސް މިހާރު ހިކިފަ ހުރި ކުރިން ފަލަމީހަކު ދިން އެހެންމީހެއްގެ ދަޅަދޭތެރެއަށް ނަގޫ ވަދެ ނުނެރެވިގން