ކ. މާލެ
|
30 މެއި 2023 | އަންގާރަ 13:13
ޔުނައިޓެޑުގެ ކެޕްޓަން މެގުއާ
ޔުނައިޓެޑުގެ ކެޕްޓަން މެގުއާ
ޓްވީޓަރ
މެންޗެސްޓާ ޔުނައިޓެޑް
ޔުނައިޓެޑުގައި ހުރުމާމެދު މެގުއާ ގޮތެއް ނިންމަންޖެހޭ: ކޯޗު
 
16 މެޗު ކުޅެން ލިބުމުން އެއްވެސް މީހަކު ހިތްހަމަނުޖެހޭނެ: ކޯޗު

މެންޗެސްޓާ ޔުނައިޓެޑުގައި ދެމި ހުރުމާމެދު ކެޕްޓަން ހެރީ މެގުއާ ގޮތެއް ނިންމަންޖެހޭ ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ ނިމިދިޔަ ސީޒަނުގައި މެގުއާ ގިނަ މެޗުތަކެއްގައި ބެންޗުގައި އިންނަން ޖެހުމުންނެވެ. އިނގިރޭސި ގައުމީ ޓީމުގެ ފަހަތްވެސް ބަލަހައްޓަމުން އަންނަ މެގުއާ އަށް ޔުނައިޓެޑުގައި ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެން ލިބުނީ އެންމެ 16 މެޗެވެ.

އޭނާ ވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރޭ. އޭނާގެ ގާބިލްކަން ހުރި މިންވަރަކުން އޭނާ ވަނީ އުނދަގޫ ވަގުތުތަކާ ކުރިމަތިލާފައި. އެކަމަކު މި ހާލަތަށް ބަލާއިރު (16 މެޗު ކުޅެން ލިބުމުން) އެއްވެސް މީހަކު ހިތްހަމަނުޖެހޭނެ
ޓެން ހާގް / ކޯޗު

ޓެން ހާގް ބުނީ ޔުނައިޓެޑްގެ ސެންޓަބެކް ޕޮޒިޝަނުގެ ވާދަވެރިކަން ވަރަށް ބޮޑު ކަމަށެވެ. އެ މަގާމަށް ގިނައިން މި ސީޒަނުގައި ކުޅުވާފައިވަނީ ލިސަންދްރޯ މާޓިނޭޒާއި ރަފޭލް ވަރާން އެވެ. މީގެ ތެރެއިން ޓެން ހާގް ބުނީ "ވަރާންގެ ކުޅުން ވަރަށް ފުރިހަމަ،" ކަމަށެވެ.

ވަރާން ވަރަށް މޮޅު. އެހެންވީމާ މެގުއާ އަމިއްލައަށް ނިންމަންޖެހޭނީ އޭނާގެ ކުރިމަގު. މިހާތަނަށް އޭނާ ވަނީ އަހަރުމެން ބޭނުންވި ކޮންމެ ވަގުތެއްގައި ކުލަބަށް ހިދުމަތްކޮށްދީފައި. އެކަމަކު މިއީ އޭނާ ވެސް ކުރިމަގާމެދު ގޮތެއް ނިންމަންވީ ވަގުތު
ޓެން ހާގް / ކޯޗު

ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ބުނަނީ ޓެން ހާގްގެ މި ވާހަކަތަކަކީ އަންނަ ސީޒަނުގައި ވެސް ފުރަތަމަ 11އިން މެގުއާ އަށް ފުރުސަތު ނުލިބޭނެކަން ދޭހަކޮށްދޭ ވާހަކަތަކެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް