ކ. މާލެ
|
30 މެއި 2023 | އަންގާރަ 11:51
އެވޯޑުތަކާއެކު ރަޝްފޯޑް
އެވޯޑުތަކާއެކު ރަޝްފޯޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑުގެ މޮޅު ކުޅުންތެރިޔަކަށް ރަޝްފޯޑް
 
ރަޝްފޯޑު ވަނީ މި ސީޒަނުގައި މިހާތަނަށް 30 ލަނޑު ޖަހާފައި

މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މާކަސް ރަޝްފޯޑް ހޮވިއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ އެވޯޑް، ސަރ މެޓް ބަސްބީ އެވޯޑް ރަޝްފޯޑަށް ލިބުނީ ހޯމަ ދުވަހު މެންޗެސްޓާ ޔުނައިޓެޑުން ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައެެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑުގެ އެކެޑެމީ އިން އުފެދުނު ރަޝްފޯޑަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

ރަޝްފޯޑު ވަނީ މި ސީޒަނުގައި މިހާތަނަށް 30 ލަނޑު ޖަހާ، 11 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ޔުނައިޓެޑުން ހޮވާ މޮޅުކުޅުންތެރިޔާގެ އިތުރުން އޭނާ އަށް ވަނީ ޔުނައިޓެޑުގެ ކުޅުންތެރިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ލިބިފައެވެ.

ޓެން ހާގް ޔުނައިޓެޑާ ހަވާލުވީ ރަޝްފޯޑަށް އެންމެ ގޮންޖެހުން ދިމާވި ސީޒަނަށްފަހުއެވެ. 21/22 ވަނަ ސީޒަނުގައި 32 މެޗު ކުޅެ، ރަޝްފޯޑަށް ޖެހިފައިވަނީ އެންމެ ފަސް ލަނޑެވެ. އޭގެއިތުރުން 2020 ވަނަ އަހަރު ޔޫރޯ ފައިނަލުން ބަލިވުމުން، އެ ސީޒަނުގައި އިންގްލެންޑުގެ ގައުމީ ޓީމަށް ނަގާފައެއް ނުވެއެވެ.

ރޮބިން ވެން ޕާސީގެ ފަހުން ޔުނައިޓެޑަށް 30 ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔަކީ ރަޝްފޯޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް