Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 23:26
ޖޭއެސްސީގެ ރައީސް ކަަމަށް ފަނޑިޔާރު އަރީފު ވަނީ އައްޔަނުކުރައްވާފަ
ޖޭއެސްސީގެ ރައީސް ކަަމަށް ފަނޑިޔާރު އަރީފު ވަނީ އައްޔަނުކުރައްވާފަ
މުހައްމަދު ޝަރުހާން
ޖޭއެސްސީގެ މެންބަރުކަން
ޖޭއެސްސީގެ ރައީސްކަމަށް ފަނޑިޔާރު އަރީފް އައްޔަނުކޮށްފި
މިމަގާމަށް އަރީފް އައްޔަނުކުރީ ހޯމަދުވަހުގެ ވަގުތެއްގައި
މީގެ ކުރިން އެ މަޤާމުގައި ހުންނެވީ އަލީ ހަމީދު

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އައްޔަނު ކުރަައްވައިފި އެވެ.

މިކަން ރާއްޖެއެމްވީއަށް ވަނީ ޔަގީންވެފަ އެވެ.

މިގޮތަށް ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކޮމިޝަނުގެ ރައީސަކު އިންތިހާބުކުރުމަށް ހޯމަދުވަހުގެ ރޭގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސަކު އިންތިޚާބު ކުރަން ޖެހިފައި ވަނީ އެ މަގާމުގައި ހުންނެވި އަލީ ހަމީދުގެ ބަދަލުގައި އެމަގާމަށް އަބްދުﷲ އަރީފު އައްޔަންކޮށްފައިވާތީއެވެ. އަރީފު ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކޮށް ވަނީ މެންބަރުކަމުގެ ހުވާ ކުރައްވާފަ އެވެ.

އަލީ ހަމީދު ޖޭއެސްސީން ވަކި ކުރައްވާފައިވާ އިރު އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.

އަލީ ހަމީދު ޖޭއެސްސީއަށް އަންޔަނުކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް