ކ. މާލެ
|
29 މެއި 2023 | ހޯމަ 15:19
ބުންޑަސްލީގާގެ ތައްޓާއެކު ޓުކެލް މަޑުކޮށްލައިގެން: ކޯޗުކަމުން ވަކިވުން ކައިރި
ބުންޑަސްލީގާގެ ތައްޓާއެކު ޓުކެލް މަޑުކޮށްލައިގެން: ކޯޗުކަމުން ވަކިވުން ކައިރި
ގޫގުލް
ބަޔާން މިއުނިކް
ޓުކެލް ބަޔާން މިއުނިކް ދޫކޮށްލަނީ!؟
ޓުކެލްގެ މައްސަލައަކީ އޭނާ އެކުލަބަށް ގެންދިޔަ މީހުން މަގާމުން ވަކިކުރުން

ޖަރުމަނުގެ ޗެމްޕިއަންކަން ބަޔާން މިއުނިކަށް ހޯދައިދިންތާ ދެ ދުވަސް ފަހުން ކޯޗުކަމުން ތޯމަސް ޓުކެލް ވަކިވެދާނެ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ޖަރުމަނުގެ މީޑިޔާތަކުން ބުނަމުންދަނީ މިދިޔަ މާޗު މަހު ޓީމާ ހަވާލުވި ކޯޗު ބަޔާންއާ ވަކިވާން ނިންމަނީ އޭނާ އެކުލަބަށް ގެންދިޔަ އިސްވެރިން މަގާމުތަކުން ވަކިކޮށްފައިވާތީ ކަމަށެވެ. ބަޔާންއިން ވަނީ ސީއީއޯ ކަމުން ކުރީގެ ކެޕްޓަން އަދި ކީޕަރު އޮލިވަޚާން އާއި ސްޕޯޓިން ޑައިރެކްޓަރު ކަމުން ހަސަން ސަލިހަމިޒިކް ވަކިކޮށްފަ އެވެ. މި ދެ މީހުން މަގާމުން ވަކިކުރި މައިގަނޑު ސަބަބަކީ ކޯޗުކަމުން ހޫލިއަން ހާނަގަލްސްމަން ވަކިކުރުމަށްފަހު ކުޅުންތެރިންގެ ތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވުމުންނެވެ.

ޓުކެލް ކޯޗަކަށް ހަމަޖެއްސީ އޮލިވަ ޚާން އާއި ސަލިހަމިޒިޗް އެވެ. ޓީވީ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔާން މިއުނިކްގެ ކުރީގެ މިޑްފީލްޑަރު ޑިއެޓްމާ ހަމާން ބުނެފައިވަނީ މިއަދަކީ ކޯޗުކަމުން ޓުކެލް އަމިއްލައަށް ވަކިވާނެ ދުވަހަށްވުން ވަރަށް ގާތް ކަމަށެވެ. ސަބަބަކީ އޭނާ މަގާމަށް ގެނައި ދެ މީހުން ކުލަބުން ވަކިކުރުމުން މެނޭޖްމަންޓާމެދު އިތުބާރު ނެތުމެވެ.

(ކ-ވ) ސަލިހަމިޒިޗް، ޓުކެލް، އޮލިވަޚާން: ޓުކެލް މަގާމުން ވަކިވުން ގާތް - ޑެއިލީ މެއިލް

މީގެ އިތުރުން ކުޅުންތެރިންގެ ތެރޭގައި ޖެހިފައިވާ މައްސަލަތަކަކީ ވެސް ބަޔާން ދޫކޮށްލަން ޓުކެލް ބޭނުންވާ ސަބަބެކެވެ. އޭނާ އަށް ހައްލު ކުރަންޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކި ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާގެ މައްސަލަ އެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއްގައި ނުކުޅެ ހުރި ކީޕަރުގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ނާގެލްސްމަން ހަވާލުވުމަށްފަހު ގޯލްކީޕަރު ކޯޗު ވަކިކުރި މައްސަލަ އެވެ.

ބަޔާން އަށް މި ފަހަރުގެ ޖަރުމަނު ލީގު ލިބުނީ ކިރިޔަ ކިރިޔާ އެވެ. އެއީ ލީގުގެ ފަހު މެޗުގައި ބޮރޫޝިޔާ ޑޯޓްމުންޑަށް މޮޅުނުވެވުމުންނެވެ. ނަމަވެސް އުފާފާޅު ކުރުމުގެ ހަރަކާތްތަކުން އޮލިވަޚާން އާއި ސަލިހަމިޒިޗް ބައިވެރިވުން ކުލަބުން އޮތީ މަނާކޮށްފަ އެވެ. ޓުވިޓާ މެދުވެރިކޮށް މިވާހަކަ އާއްމުކުރީ އޮލިވަ ޚާން އެވެ.

- ކޮމެންޓް