Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 22:44
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހީމް
ކޯޓަށް ޕީޖީގެ ވަކީލުން ވަޑައިނުގަތުމުން ހިތާމަ ކުރަން : ގާސިމް
ޕީޖީ އޮފީހުން ވިއަސް ކޯޓުގެ އަމުރަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ.

ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ދައުވާ ތަކުގެ އަޑުއެހުމަށް ދައުވާ އުފުލި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވަޑައިނުގަތުމުން ގާސިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

 

ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ އަޑުއެހުން ހޯމަ ދުވަހު ކުރިއަށްދިޔައިރު ހޯމަ ދުވަހުގެރޭ ބާއްވަން އުޅުނު އަޑުއެހުމަށް ޕީޖީ އޮފީހުގެ ވަކީލުން ވަޑައިނުގަތުމުން އެ މައްސަލަ އެ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. ހޯމަ ދުވަހުގެރޭ 7.00 ގައި ބާއްވަން އޮތް އަޑުއެހުމަށް  ޕީޖީގެ ވަކީލުންނަށް ތަކުރާރުކޮށް ގުޅާފައި އެންގުމުންވެސް ވަޑައިގަތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ ގާސިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންނެވެ.

 

ގާސިމް ވިދާޅުވީ އާންމު ފަރުދަކާމެދު ޕީޖީ އޮފީހުން އެގޮތައް ކަންކަން ކުރެއްވުމަކީ އޭނާ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

" ދިވެހި ދައުލަތުން މުސާރަ ދީގެން ތިބޭ އަދި ﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔަކު އެގޮތައް ކަން ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް" ގާސިމް ވިދާޅުވި އެވެ.  

 

ކޯޓުން ކުރާ އަމުރުތަކަށް ކިޔަންވުމަކީ ގާނޫނު އަސާސީން ކޮންމެ މީހެއްގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވާއިރު ޕީޖީ އޮފީހުން އެގޮތައް އަމަލު ކުރުމުން ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންފި ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތްތަކަށް ދަތިވާނެ ގޮތައް އެއްވެސް ފަރާތަކަށް އަމަލު ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"އެ ބޭފުޅުން ( ޕީޖީ އޮފީހުގެ ވަކީލުން) ވަޑައިނުގަތީމަ ގައުމު މި އޮތީ ކޮން ހިސާބެއްގަތޯ ސުވާލު އުފެދޭ. ދައުލަތުގެ މުވައްސަސާއަކުން މިގޮތައް ފިތެން ޖެހޭނެ އެއްވެސް ސަބަބެއް ނުވަތަ ނުފިތެންޖެހޭ އެއްވެސް ސަބަބެއް ނޭނގެ. އަޅުގަނޑަށް އެއާ ދޭތެރޭ އެއްޗެއް ބުނަން ނޭނގިފައި މި ހުންނަނީ،" ގާސިމް ވިދާޅުވި އެވެ.

 

ގާސިމް ވިދާޅުވީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އަމަލު ކުރެއްވި ގޮތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ކޯޓުން މައްސަލަތަކެއް ހުރިކަމަށް މީގެ ކުރިން ފާހަގަ ކުރެވުނު ނަމަވެސް ކޯޓުގެ ނިންމުންތަކަށް ބަދަލުތަކެއް ފެންނަ ކަމަށް ވިދާޅުވި އެވެ.

 

"ތަފާތެއް އަތުވެއްޖެ ރައްޔިތުންގެ ހިތްތަކަށް ހަމަ ގައިމުވެސް، ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ގުޅިގެން،" ގާސިމް ވިދާޅުވި އެވެ.

 

 

ގާސިމް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށްވާއިރު ދެން އެކަން އެ ނިމުނީ ކަމަށެވެ. އަދި ހިނިފުޅުވަޑުވަމުން ވިދާޅުވީ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށާއި ޕީޖީ ވަކީލުން ވަޑައިނުގަތުން އެއީ ޕީޖީ އޮފީހުން އެ ކޮށްދެއްވި ރަނގަޅު ކަމެއް ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް