ކ. މާލެ
|
28 މެއި 2023 | އާދީއްތަ 23:01
އެވަޓަން ސަލާމަތްކޮށްދިން ލަނޑަށްފަހު އުފާފާޅުކުރަނީ
އެވަޓަން ސަލާމަތްކޮށްދިން ލަނޑަށްފަހު އުފާފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
އެވަޓަން ސަލާމަތްވެއްޖެ، ރެލިގޭޓްވީ ލެސްޓަރ ސިޓީއާއި ލީޑްސް ޔުނައިޓެޑް
 
އެވަޓަން ސަލާމަތްވީ ފަހު މެޗުގައި ބޯންމައުތު ބަލިކޮށްގެން

ފަހު މެޗުން މޮޅުވެ އެވަޓަން އިނގިރޭސި ޕްރިމިއަރ ލީގުގައި ދެމިއޮވެ, ލެސްޓަރ ސިޓީއާއި ލީޑްސް ޔުނައިޓެޑް ރެލިގޭޓް ވެއްޖެއެވެ.

މެޗުން މޮޅުވެގެން ނޫންގޮތަކަށް ޔަގީންކަމާއެކު ލީގުގައި ދެމިއޮތުމުގެ ފުރުސަތު ނެތް އެވަޓަން ޖާގަ ޔަގީންކުރީ 1-0ން ބޯންމައުތު ބަލިކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިސީޒަންގެ ލީގުގެ ފަހު މެޗުގައި، ޕްރިމިއަރ ލީގުގައި ދެމިއޮންނަން މަޖުބޫރު ގޯލް އެވަޓަންއަށް ޖަހައިދިނީ ޑޫކޯހޭއެވެ. އޭނާ ލަނޑު ޖެހީ ދެވަނަ ހާފްގައެވެ. އެވަޓަން މޮޅުވިޔަސް ލީގުގައި ދެމިއޮވެވުނީ ލެސްޓަރ ސިޓީ ބަލިވުމުންނެވެ. ލެސްޓަރ ސިޓީ އަމިއްލަ ދަނޑުގައި ބަލިވީ ވެސްޓްހޭމް ޔުނައިޓެޑާ ވާދަކޮށް 2-1ބްނެވެ. ލެސްޓަރ ސިޓީ މޮޅުވިނަމަ އެވަޓަންއަށް ފުރުސަތެއް ނޯންނާނެއެވެ.

ލީޑްސް ޔުނައިޓެޑަށް ފުރުސަތު އޮތީ ފަހު މެޗުން މޮޅުވެ، އެވަޓަންއާއި ލެސްޓަރ ސިޓީ ބަލިވެގެންނެވެ. އެކަމަކު ލީޑްސްއަށްވެސް މޮޅެއްނުވެވުނެވެ. ފަހު މެޗުގައި، އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން ބަލިވީ 4-1ންނެވެ. ސީޒަން ނިމުނުއިރު ރެލިގޭޓްވީ މާކުރިން ރެލިގޭޓްވި ސައުތުހެމްޓަންއާއި ލީޑްސް ޔުނައިޓެޑާއި, ލެސްޓަރ ސިޓީއެވެ. އެވަޓަންއާއި ލެސްޓަރ ސިޓީއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް