ކ. މާލެ
|
28 މެއި 2023 | އާދީއްތަ 12:25
ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ
ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ
ގޫގުލް
ޕީއެސްޖީ
އިތުރު ސީޒަނެއް އަހަންނަށް ހައްގު: ޕީއެސްޖީ ކޯޗު
އޭނާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ އަހަރެއް

އިތުރު ސީޒަނެއް އޭނާ އަށް ހައްގު ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އަންނަ ސީޒަން ފެށުމުގެ ކުރިން ފްރާންސްގެ ޗެމްޕިއަން ޓީމުން އައު ކޯޗަކު ހަމަޖައްސާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. މި ގޮތުން ޕީއެސްޖީން މަސައްކަތް ކުރަމުންދަނީ އިޓަލީގެ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އެކުލަބަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް މިކަމާމެދު މޮރީނިއޯ އާއި ކުލަބުން ވަކި އެއްޗެއް ނުބުނެ އެވެ.

ޕީއެސްޖީ އަށް ގަލްޓިއާ ވަނީ މި ސީޒަނުގެ ފްރެންޗް ލީގު ހޯދައިދީފައެވެ. ނަމަވެސް ޕީއެސްޖީ އެންމެ ބޭނުންވެގެން އުޅޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޓީމު ކެޓީ އެވެ. ޕީއެސްޖީން އާ ކޯޗަކު ހޯދުމުގައި އެންމެ ބޮޑަށް ބަލާނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ތަޖުރިބާ ހުރި މީހަކު ހޯދުމަށެވެ. މޮރީނިއޯ އަކީ ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ.

ފްރެންޗް ލީގު ކާމިޔާބު ކުރުމަށްފަހު ރޭ ވާހަކަ ދައްކަމުން ގަލްޓިއާ ބުނީ ކުލަބާއި އޭނާއާ ދެމެދު ކޮންޓްރެކްޓެއް އެބައޮތް ކަމަށެވެ. އަދި އެކޮންޓްރެކްޓަށް ދެ ފަރާތުން ވެސް އިހްތިރާމް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަހަރެން ވަރަށް އުދަގޫ ވަގުތުތަކުގައި ކުލަބަށް އެހީތެރިވެދީފިން. އަހަރެން ދެކޭ ގޮތުގައި އަހަންނަށް ދެ ވަނަ ސީޒަނެއް ހައްގު. އެކަމަކު އެކަން ނިންމާނީ މެނޭޖްމަންޓުން،
ގަލްޓިއާ
- ކޮމެންޓް