Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 21:14
ޕީޕީއެމް އޮފީސް ކުރިމަތީގައި ރައީސް ޔާމީން
ޕީޕީއެމް އޮފީސް ކުރިމަތީގައި ރައީސް ޔާމީން
މުހައްމަދު ޝަރުހާން
ރައީސް ޔާމިން ފެކްޝަން
ރައީސް ޔާމީން ޕީޕީއެމް ޕީޖީ މެންބަރުންނާއި ބައްދަލުކުރައްވަނީ
މި ބައްދަލުވުން މިހާރު ދަނީ ކުރިއަށްދަމުން
ބައްދަލުވުމުން އެޖެންޑާ ކުރެވިފައިވަނީ ކޮންކަމަކާ ގުޅޭ ގޮތުން ކަމެއް ސާފެއް ނުވޭ
މި ބައްދަލުވުން ކުރިއަށްދާކަން ޕީޕީއެމް އިން ވަނީ ކަށަވަރުކޮށްދީފަ

ޕީޕީއެމްގެ ޔާމީން ފެކްޝަނުގެ މަޖިލީސް މެންބަރުންނާއި އެމްޑީއޭގެ މަޖިލީސް މެންބަރުން ހިމެނޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވަމުންގެންދަވާ ކަަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އިގްބާލު އާދަމް ވިދާޅުވީ، ޕީޕީއެމްގެ ޔާމީން ފެކްޝަނުގެ މަޖިލިސް މެންބަރުންނާއި އެމްޑީއޭގެ މަޖިލިސް މެންބަރުންނާއި ރައީސް ޔާމީން ބައްދަލުކުރެއްވުން ކުރިއަށްގެންދަނީ ޕީޕީއެމް އޮފީހުގައި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގަންނަވާފައިވަނީ ހޯމަ ދުވަހުގެ ރޭގެ 08:30 ހާއިރު އެވެ. އެ މަންޒަރު ރާއްޖެއެމްވީގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

ޕީޕީއެމްގެ ޕީޖީ މެންބަރުންނާއި ބައްދަލުކުރައްވަމުންދާ އިރު ބައްދަލުކުރައްވަނީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ސާފެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ޕީޖީ މެންބަރުނާއި ބައްދަލުކުރައްވާފައި މިވަނީ އެޕާޓީގެ ހަ މަޖިލީސް މެންބަރަކު މިއަދު ޕާޓީން ވަކިވެފަިއވާ ދަނޑިވަޅުގައެވެ.

އެ މެންބަރުންގެ ތެރޭގައި ހިމެނެނީ މައްޗަންގޯޅި ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އިހަވަންދޫ ދައިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދައިރާގެ މެންބަރު މުހައްމަދު މުސްތަފާގެ އިތުރުން ތިނަދޫ އުތުރު ދައިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދައިރާގެ މެންބަރު އަހްމަދު ތޯރިގާއި ތިނަދޫ ދެކުނު ދައިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އެވެ.

މަޖީލީޙުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މެންބަރުން ސޮއި ހުށަހެޅި ލިސްޓުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ 11 މެންބަރުން ހިމެނިފައިވާ އިރު މިހާތަނަށް މި ލިސްޓުގައި ހިމެނޭ 10 މެންބަރުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. މިއާ އެކީ ޕީޕީއެމްގެ މެޖޯރިޓީ  މިހާރު ވަނީ އެޕާޓީއަށް ގެއްލިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް