ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 14:23
ޒުވާން އެތުލީޓު، ފަސޫހާ
ޒުވާން އެތުލީޓު، ފަސޫހާ
އެތްލެޓިކްސް އެސޯސިއޭޝަން
އެތުލެޓިކްސް
800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި
ފަސޫހާ ރޭސް ނިންމީ 2 މިނެޓު 27.92 ސިކުންތުން

ހުކުރު ދުވަހު ހަވީރު ކުރިޔަށްދިޔަ ޓައިމް ޓްރަޔަލްގައި 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފިއެވެ.

13 އަހަރު ދުވަހު އެއްވެސް މީހަކަށް މުގުރާނުލެވި އޮތް މި ރެކޯޑް މުގުރާލައި ފަސޫހާ ރޭސް ނިންމާފައިވަނީ 2 މިނެޓް 27.92 ސިކުންތުންނެވެ. މީގެ ކުރިން 800 މީޓަރުގެ ރެކޯޑު އޮތީ 2009 ވަނަ އަހަރު ޖަރުމަނުގެ ބަރލިންގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި އާއިޝަތު ރީޝާ އަތުގައެވެ. އޭނާ ރޭސް ނިންމާފައިވަނީ 2 މިނެޓު 28 ސިކުންތުންނެވެ.

ފަސޫހާ އަކީ އެތުލެޓިކްސްގައި ފިޔަޖަހަމުން އަންނަ ޒުވާން އެތުލީޓެކެވެ. 13 އަހަރު ވީއިރު މުުގުރާނުލެވި އޮތް ރެކޯޑެއް މުގުރާލެވުން ވާނީ ފަސޫހާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ދާދި ފަހުން އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެސޯސިއޭޝަނުންނާއި ހުރިހާ އެތުލީޓުންވެސް މިހާރު ތައްޔާރުވަމުންދަނީ އޮގަސްޓް މަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްް (އައިއޯއައިޖީ) އާއި ސެޕްޓެމްބަރު މަހު ޗައިނާގެ ހަންޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްއަށެވެ.

- ކޮމެންޓް