ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 07:03
ބާސެލޯނާގެ ބައެއް ކުޅުންތެރިން: ގޯލް ލައިން ޓެކްނޮލޮޖީ ނެތުމުން ކުޅުންތެރިންގެ ޝަކުވާ ބޮޑު
ބާސެލޯނާގެ ބައެއް ކުޅުންތެރިން: ގޯލް ލައިން ޓެކްނޮލޮޖީ ނެތުމުން ކުޅުންތެރިންގެ ޝަކުވާ ބޮޑު
ބާސެލޯނާ
ލަލީގާ
ލަލީގާއަށް ގޯލް ލައިން ޓެކްނޮލޮޖީ މާ އަގުބޮޑު! ބޭނުމެއްނޫން!
2.6 މިލިއަން ޔޫރޯ ދީގެން ލަލީގާއިން ގޯލް ލައިން ޓެކްނޮލޮޖީ ބޭނުމެއްނުކުރާނެ

ދުނިޔޭގެ އެންމެ ބޮޑު އެއް ލީގު ކަމަށްވާ ސްޕެނިޝް ލީގު ނުވަތަ ލަލީގާއިން, އަންނަ ސީޒަނުގައިވެސް ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންނުކުރަން ނިންމައިފިއެވެ.

އެ ލީގުން މި ގޮތަށް ނިންމީ ގޯލްލައިން ޓެކްނޮލޮޖީ ބޭނުންކުރުމަށް، އެ ހިދުމަތްދޭ ކުންފުންޏަށް ދައްކަންޖެހޭ އަގު ބޮޑުވުމުންނެވެ. އެއީ އަހަރަކަށް 2.6 މިލިއަން ޔޫރޯއެވެ.

ލަލީގާގެ ރައީސް ހާވިއާ ޓަބޭސް ވަނީ މި ވަރުގެ އަގެއް ދީގެން ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރުން ކޮންމެހެން މުހިންމު ނޫންކަމަށް ބުނެފައެވެ. އޭނާ ބުނީ ކޮންމެ ހިދުމަތަކަށްވެސް ކިޔަންވާނީ އެކަށީގެންވާ އަގެއް ކަމަށެވެ.

ގޯލްލައިން ޓެކްނޮލޮޖީ ބޭނުން ނުކުރިނަމަވެސް ލަލީގާއިން ވީއޭއާރުގެ ހިދުމަތް ބޭނުންކުރާނެއެވެ.

މިގޮތަށް ނިންމުމުން ލަލީގާ ވެގެންދާނީ ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންނުކުރާނެ، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ހަމައެކަނި ލީގަށެވެ. ނަމަވެސް މި ދިޔަ ހަފުތާގައިވެސް ލަލީގާގައި ރެފްރީން ނިންމާފައިވާ ނިންމުންތަކާމެދު ވަރަށް ގިނަ ކުޅުންތެރިންނާއި ޓީމުތަކުން މައްސަލަ ޖައްސާފައިވެއެވެ.

- ކޮމެންޓް