ކ. މާލެ
|
26 މެއި 2023 | ހުކުރު 21:41
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް
ރޮއިޓާސް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑަކީ ޗެެމްޕިއަންސް ލީގަށް ނިސްބަތްވާ ކުލަބެއް: ޓެން ހާގް
 
ޗެލްސީ ބަލިކޮށް ޔުނައިޓެޑުން ވަނީ ގަދަ ހަތަރަކުން ޖާގަ ޔަގީންކޮށްފަ

މެންޗްސްޓާ ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގަށް ނިސްބަތްވާ ޓީމެއްކަމަށް އެ ޓީމުގެ ކޯޗު، އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް ބުނީ މެންޗެސްޓާ ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގު ކުޅެން ޖެހޭ ޓީމެއް ކަމަށާ، ނަމަވެސް އިނގިރޭސި ޕްރިމިއަރ ލީގުގައި އެއީ ވަރަށް އުނދަގު ކަމެއް ކަމަށެވެ. ހަތެއް ނޫނީ އަށް ޓީމު ޗެމްޕިއަންސް ލީގުގެ ޖާގައަށް ވާދަކޮށް ކުޅޭއިރު، ވަރަށް ރަނގަޅަށް ކުޅެގެން ނޫނީ އެ ފުރުސަތު ނުލިބޭނެކަމަށް އޭނާ ބުންޏެވެ.

ޓެން ހާގް އިތުރަށް ބުނީ، ޗެލްސީ މެޗުގައި ޓީމުން ދެއްކީ މޮޅުވުމުގެ ވިސްނުމެއް ކަމަށެވެ. އަދި ޗެލްސީގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ތިބިއިރު، ކައުންޓަރ އެޓޭކްތައް ނުރައްކާ ކަމަށް ޓެން ހާގް ބުންޏެވެ. އަދި ޔުނައިޓެޑަށް އިތުރަށް ލަނޑު ޖެހުނީސްކަމާ، ޗެލްސީ މެޗުގަ ކުޅުނު ގޮތަށް ފުލަމް މެޗުގައި ކުޅެ، ލީގުގެ ތިންވަނަ ހޯދޭނެ ކަމަށް އޭނާ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓެން ހާގް އިތުރަށް ބުނީ، ޓީމު މިހާރު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. ނަމަވެސް ޗެމްޕިއަންސް ލީގުން ޖާގަ ލިބުނީމަ އެއީ އަދި ފެށުން ކަމަށް ބުންޏެވެ. އަދި ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ރަނގަޅު ކުޅުންތެރިން ޓްރާންސްފާ މާކެޓުގައި ގެންނަން ބޭނުންކަން ފާހަގަކުރިއެވެ.

މި ސީޒަނުގައި ޓެން ހާގް ޔުނައިޓެޑާ ހަވާލުވެ، ރަނގަޅު ކުރިއެރުންތަކެއް ވަނީ ހޯދައިދީފައެވެ. ލީގު ކަޕު ކާމިޔާބުކުރުމާ، ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އިތުރުން ޔުނައިޓެޑް ވަނީ އެފްއޭ ކަމުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް