އިންގްލެންޑް ފުޓުބޯޅަ ޓީމުން ކްރިސްޓަލް ޕެލެސް އަށް ކުޅޭ އެބެރެޗީ އެޒޭއަށް ފުރަތަމަ ފަހަރަށް ޖާގަދީފިއެވެ.
އެޒޭއަށް ޖާގަދީފައިވަނީ ފީފާ ވާރލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް މިއަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިންގ ދެމެޗަށް އެކުލަވާލި ސްކޮޑާއެކުއެވެ.
އިންގްލެންޑް މިއަންނަ މަހު ކުޅުމަށް ހަމަޖެހިފައިވަނީ މޯލްޓާ އާއި ނޯތު މެސެޑޯނިއާ އާއެވެ. އެޒޭ އަންނަނީ މިސީޒަނުގައި ޕެލަސްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ ވަނީ އެޓީމު އެންމެ ފަހުން ކުޅުނު އަށް މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެޒޭގެ އިތުރުން ޕެލެސްގެ މާރކް ގުއެހީ އަށްވެސްވަނީ އިންގްލަންޑް ޓީމަށް ކޯޗް ގެރެތު ސައުތުގޭޓް އެކުލަވާލި ޓީމުން ޖާގަދީފައެވެ.
މިފަހަރުގެ ޓީމުން ޖާގަ ނުލިބޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކަށް ވެގެން ގޮސްފައިވަނީ ޗެލްސީގެ ރަހީމް ސްޓާރލިންގއެވެ. ނަމަވެސް ސައުތުގޭޓް ހާމަކުރިގޮތުގައި ސްޓަރލިންގ ޓީމްގައި ހިމަނާފައިނުވަނީ އޭނާ ޓީމްގައި ހިމެނުމަށް މިވަގުތު ބޭނުން ނުވާތީއެވެ. ސައުތުގޭޓް ފާހަގަ ކުރިގޮތުގައި ސްޓަރލިންގ މިވަގުތު ހުރީ ފިޒިކަލީ އެންމެ ރަނގަޅު ފޯމްގައި ނޫންކަމަށް އެ ކުޅުންތެރިޔާއަށް އަމިއްލައަށް އިހްސާސު ކުރެވޭނެއެވެ. އަދި ސްޓާރލިންގ ބޭނުންވަނީ ރަނގަޅު ފޯމަށް އެޅެންދެން މަޑުކޮށްލުމަށެވެ.
ޔޫރޯ ކޮލިފިކޭޝަންގައި އިންގްލެންޑް ވަނީ އިޓަލީ އާއި ޔޫކްރެއިންއާ ބައްދަލުކޮށް ދެ މެޗުންވެސް މޮޅުވެފެވެ.