Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 16:05
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހުސައިން
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހުސައިން
ޓްވިޓަރ
ޕީޕީއެމް
ސައުދުﷲ ހިލްމީވެސް ޕީޕީއެމްއިން ވަކިވެއްޖެ
ޕާޓީން ކެނޑޭ، އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ކަނޑައެޅުމަށް ސަރުކާރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ޕީޕީއެމް މެމްބަރު ކަމުން ވަކިވެވަޑައިގަންނަވައިފި އެވެ.

ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލްއަށް ހޯމަ ދުވަހު ސައުދުﷲ ފޮނުއްވި ސިޓީގައި ވަނީ ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހް މިވަގުތު ހުރިގޮތުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުރުމަށް ނުފެންނާތީ އާއި އޭނާގެ ދާއިރާގެ މެމްބަރުން ވެސް އެގޮތަށް އެދޭތީ ހޯމަ ދުވަހުން ފެށިގެން ޕީޕީއެމްގެ މެމްބަރުންކަމުން ވަކި ކޮށްދިނުމަށް އެދޭ ކަމަށެވެ.

ސައުދުﷲގެ އިތުރުންވެސް ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް ގިނަ މެމްބަރުންތަކެއް ދަނީ އެޕާޓީން ވަކިވެވަޑައިގަންނަވަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތްކަމުގެ މައްސައިގައި ސޮއިކުރެއްވި ޕީޕީއެމް މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝަހް ފިޔަވާ އެހެން ހުރިހާ މެމްބަރުން ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމަށް ނިސްބަތްވާ 11 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް