ކ. މާލެ
|
25 މެއި 2023 | ބުރާސްފަތި 12:44
ރެއާލް ކުޅުންތެރިން ވިނީޝިއަސްގެ ޖާޒީގައި
ރެއާލް ކުޅުންތެރިން ވިނީޝިއަސްގެ ޖާޒީގައި
ރޮއިޓާސް
ވިނީޝިއަސްއަށް ނަސްލީ ތަފާތުކުރުން
ޓެބާސް މާފަށް އެދުނުއިރު ވިނީޝިއަސް އަށް އޮތް ލޯބި ރެއާލް އިން ދައްކާލައިފި
 
މެޗު ފެށުމުގެ ކުރިން ރެއާލްގެ ކުޅުންތެރިން ތިބީ ވިނީޝިއަސްގެ ޖާޒީގައި

ވިނީޝިއަސް އާ ދޭތެރޭ ޓްވިޓަރގައި ދެކެވުނު ވާހަކަތަކަށް ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސް މާފަށް އެދުނު އިރު، ވިނީޝިއަސް އަށް އޮތް ލޯބި ރެއާލް އިން ދައްކާލައިފިއެވެ.

އާދިއްތަ ދުވަހު ވިނީޝިއަސްއަށް ނަސްލީ ފުރައްސާރަކުރުން ކުރިމަތިވިއިރު، ޓެބާސް ކުރި ޓްވީޓަކާ ގުޅިގެން އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ. ޓެބާސް ކުރި ޓްވީޓުގައި ބުނެފައިވަނީ، ލީގަށް ފާޑުކިޔުމާއި ބަދުބަސް ބުނުމުގެ ކުރިން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ލީގުން ކުރަމުންދާ ކަންކަމާ ބެހޭ ގޮތުން ވިނިސިއަސް އިތުރަށް ސާފުކުރުމަށެވެ. އޭނާ ބުނީ މިވަގުތު ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، އޭނާގެ ނިޔަތަކީ ވިނީޝިއަސްއާ ދެކޮޅަށް ބަސްބުނުން ނޫންކަމަށެވެ. ޓެބާސް އިތުރަށް ބުނީ، ވިނީޝިއަސްއަށް ދިމާވި ކަންތަކާ ގުޅިގެން، ނަސްލީ ތަފާތުކުރުން ނައްތާލުމަށް އިތުރަށް މަސައްކަތް ކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރި ކަމަށެވެ.

ބުދަ ދުވަހުގެ ރޭގައި ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ރެއާލްގެ ކުޅުނެތެރިންނާއި ސަޕޯޓަރުން ވަނީ ވިނީޝިއަސްއަށް އޮތް ލޯބި ދައްކާލާފައެވެ. މެޗު ފެށުމުގެ ކުރިން ރެއާލްގެ ހުރިހާ ކުޅުންތެރިންވެސް ވިނީީޝިއަސްގެ ނަން ޖަހާފައިވާ އޭނާގެ 20 ނަންބަރު ޖާޒީ ލައިގެން ތިބިއިރު، ދެ ޓީމުގެ ކެޕްޓަނުންވެސް އަޅައިގެން ތިބީ ނަސްލީ ތަފާތުކުރުމާ ދެކޮޅު ބޭންޑެކެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި ވިނީޝިއަސްއަށް ހިތްވަރުދީ، މުޅި ދަނޑު ވަނީ ގުގުމާލާފައެވެ. މީގެ އިތުރުން، ދަނޑުގައި ވަނީ ވިނީޝިއަސް އަށް ހިތްވަރު ދިނުމުގެ ގޮތުން ބޮޑު ބެނާ އެއްވެސް ހަރުކޮށްފައެވެ.

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ ކުރިން ވިނިޝިއަސް އަށް ފަރިތަކުރުންތައް ދޫކޮށްލަން މަޖުބޫރުވި ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އޭނާ މެޗު ބަލަން ހުރީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ކައިރީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް