ކ. މާލެ
|
24 މެއި 2023 | ބުދަ 20:04
ސިޓީގެ ކޯޗު، ގާޑިއޯލާ
ސިޓީގެ ކޯޗު، ގާޑިއޯލާ
މެންޗެސްޓަރ ސިޓީ
ބޭނުމީ ޕްރިމިއަރ ލީގުން ކޮށްފައިހުރި ދައުވާތައް ވީހާވެސް އަވަހަށް ހައްލުކުރަން: ގާޑިއޯލާ
 
ދައުވާތައް ސާބިތުވެއްޖެނަމަ ހަރުކަށި އަދަބުތަކެއް ސިޓީއަށް ލިބޭނެ

ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އުފުލާފައިވާ 115 ދައުވާ ވީހާވެސް އަވަހަށް ނިންމަން ބޭނުންވާކަމަށް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

2009ން 2018ށް ޔުއެފާގެ ފައިނޭންޝަލް ފެއަރ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާކަމުގެ ދައުވާ ސިޓީއަށް އުފުލާފައިވާއިރު، ދެ އަހަރު ދުވަހު ޔޫރަޕުގެ މުބާރާތެއް ނުކުޅެވޭގޮތަށް ހެދުން ހުއްޓުވާފައިވަނީ ކޯޓް އޮފް އަރބިޓްރޭޝަން ފޯ ސްޕޯޓްއިންނެވެ. ނަމަވެސް ތަހުގީގަށް ހުރަސްއެޅުމުން، ސިޓީ ވަނީ 10 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.

ބްރައިޓަންއާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ވަނީ އެ މައްސަލައަށް ގޮތެއް ނިންމުން އަވަސްކޮށްދިނުމަށް ޕްރިމިއަރ ލީގާއި ކޯޓުގައި އެދިފައެވެ. ގާޑިއޯލާ ބުނީ، ދެ އަހަރު ދުވަހު މަޑުކުރުމުގެ ބަދަލުގައި، ލޯޔަރުންނާއެކު ތިބެ ވީހާވެސް އަވަހަށް މައްސަލަ ނިންމުން އެއީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އޭނާ އިތުރަށް ބުނީ، ކޮންމެ ގޮތަކަށް މައްސަލަ ނިމުނުކަމުގައި ވިޔަސް، ސިޓީއާއެކު ދެމިހުންނާނެ ކަމަށެވެ.

ސިޓީން މި ސީޒަނުގައި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕުގެ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ. ސިޓީގެ އަމާޒަކީ ތިން ތަށި ކާމިޔާބުކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް