ކ. މާލެ
|
24 މެއި 2023 | ބުދަ 17:53
ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ (މ): ޗެލްސީ ދޫކޮށްނުލާނެ
ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ (މ): ޗެލްސީ ދޫކޮށްނުލާނެ
ދަ ސަން
ޗެލްސީ
ޗެލްސީގެ ވެރިޔާ ކުލަބުގައި ހޭދަކުރާ ވަގުތު މަދުކުރަނީ
 
ޗެލްސީގެ މަސައްކަތްތަކުގައި އޭނާ މިހާރު ހޭދަކުރަނީ 20 ޕަސެންޓް ވަގުތު

ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ އެކުލަބުގެ އަމަލީ މަސައްކަތްތަކުގައި ކޮންމެ ދުވަހަކު ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް މަދުކުރަން ފަށައިފި އެވެ.

އިނގިރޭސި ނޫސްތަކުން ބުނަނީ ބޮއެލީ މިހާރު ޗެލްސީގެ މަސައްކަތްތަކުގައި ހޭދަކުރަނީ އޭނާގެ މަސައްކަތު ވަގުތުގެ 20 ޕަސެންޓް ކަމަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޓީމާ ހަވާލުވުމަށްފަހު އޭނާ މީގެކުރިން ހުރިހާ ވަގުތެއްހެން ހޭދަކުރީ ޗެލްސީ ހިންގުމުގަ އެވެ.

އަމަލީ ގޮތުން ކުލަބުގެ ކަންކަމާ ދުރަށް އޭނާ ދާން ފަށާފައިމިވަނީ ޗެލްސީ އަށް ގެންނާނެ ކުޅުންތެރިންނާއި ޓީމު ނެގުމުގައި ވެސް އޭނާގެ ނުފޫޒު ބޮޑު ކަމަށްބުނެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.

އޭނާ ހަވާލުވިތާ އަހަރެއްވީއިރު 600 މިލިއަން ޑޮލަރު ހޭދަކޮށް ގިނަ ކުޅުންތެރިން ގެނައި ނަމަވެސް މި ސީޒަންވެފައިވަނީ ނާކާމިޔާބު ސީޒަނަކަށެވެ. މި ސީޒަން ޓޭބަލުގެ މެދުތެރޭގައި އޮވެ ނިންމާލަން ޖެހުމުން ޗެލްސީ އަށް އަންނަ ސީޒަނުގެ ޔޫރަޕުގެ އެއްވެސް މުބާރާތަކުން ޖާގަ ނުލިބޭނެ އެވެ.

ނަމަވެސް ބޮއެލީ ވަނީ ޓީމުގެ ކަންކަން ބެލެހެއްޓުމަށް އޭނާ އަށް އިތުބާރުކުރެވޭ މީހުން އިސް މަގާމުތަކަށް ގެނެސްފަ އެވެ.

އޭނާ މިހާރު ބޮޑަށް މަސައްކަތް ކުރަނީ އޭނާގެވިޔަފާރި ކުންފުނި ހިންގުމަށާއި އެމެރިކާގައި އޮތް އޭނާގެ ބޭސްބޯލް ޓީމު ހިންގުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް