Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 15:13
ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ގޫގުލް
ޕީޕީއެމް
ޕާޓީގެ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފުވުމުންވެސް ވަކި ނުކުރުމުން މުސްތަފާ އަމިއްލައަށް ޕީޕީއެމްއިން ވަކިވެއްޖެ
ޕާޓީން ކެނޑޭ، އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ކަނޑައެޅުމަށް ސަރުކާރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ

ޕާޓީގެ އުސޫލްތަކާއި ގަވާއިދުތަކާ ހިލާފު ވުމުންވެސް ޕީޕީއެމްއިން ވަކި ނުކުރުމުން އަމިއްލަ އަށް ޕީޕީއެމްއިން ވަކިވެވަވަޑައިގަންނަވައިފި ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ ވިދާޅުވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި މީގެ ކުރިން ހުންނެވި ނަމަވެސް ޕާޓީގެ ނިންމުންތަކާއި ތަކުރާރުކޮށް އޭނާ ހިލާފުވެވަޑައިގެންނެވި ކަމަށެވެ. އެގޮތަށް އަމަލުކުރެއްވީ ޕާޓީން އަމަލު ކުރަމުންދިޔައީވެސް ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. 

އެހެންކަމުން ޕީޕީއެމުން ނެރެނު ތްރީލައިން ވިޕް ތަކާއި ހިލާފަށް ވޯޓް ދިނީ ރައްޔިތުންގެ ލާބައާ މަންފާއަށް ވިސްނަވާފަ ކަމަށްވެސް މުސްތަފާ ވިދާޅުވި އެވެ.

ޕީޕީއެމުން މުސްތަފާ ވަކިވެވަޑައިގެންެވިއިރު، ޕީޕީއެމަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ދަނީ އެޕާޓީން ވަކިވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތްކަމުގެ މައްސައިގައި ސޮއިކުރެއްވި ޕީޕީއެމް މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝަހް ފިޔަވާ އެހެން ހުރިހާ މެމްބަރުން ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.  

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމަށް ނިސްބަތްވާ 11 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް