ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 13:55
ސްޓެލްކޯ
ސްޓެލްކޯ
ގޫގުލް
ސްޓެލްކޯ
ސްޓެލްކޯއިން ފިއުލް ސާޗާޖް ކަނޑާލައިފި
ކަސްޓަމަރުން ދައްކަންޖެހޭ ބިލުން 8.54 މިލިއަން ރުފިޔާ ކުޑަވެގެންދާނެ
އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ކަރަންޓް ބިލްތަކުން 4.57 މިލިއަން ރުފިޔާ ކުޑަވާނެ
ކަރަންޓު ބިލަށް އައި ބަދަލު މި ޖުލައި މަހު ލިބޭ ބިލުން ނުފެނުނު ނަމަވެސް، އޯގަސްޓް މަހުގެ ބިލުން ފެށިގެންދާނެ

ސްޓެލްކޯއިން ދޭ ކަރަންޓްގެ ހިދުމަތުން ނަގަމުން އައި  ފިއުލް ސާޗާޖް ކަނޑާލައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނި ގޮތުގައި، މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ފިއުލް ސާޗާޖު ވަނީ ސުންލާރިއަށް ދަށްކޮށްފައެވެ.

ސްޓެލްކޯގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަތީފް ވިދާޅުވީ ކަރަންޓުގެ ޚިދުމަތަށް އައި ބަދަލާ އެކު، ކަސްޓަމަރުން އެކުންފުންޏަށް މަހަކު ދައްކާ ފައިސާ އިން 8.54 މިލިޔަނެއްހާ ރުފިޔާ އުނިވެގެން ދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ކަރަންޓް ބިލްތަކުން 4.57 މިލިއަން ރުފިޔާ ކުޑަވާނެ ކަމަށާއި އަދި ވިޔަފާރިޔާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ކަރަންޓް ބިލުން 3.97 މިލިއަން ރުފިޔާ ކުޑަވެގެންދާނެ ކަމަށެވެ.

ހަމައެހެންމެ 70 ޕަސެންޓަކީއާންމު ދިރިއުޅުމުގައި 600 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުންކުރާ މީހުން ކަމަށާއި އެމީހުންގެ ބިލުން 10 ޕަސެންޓާއި 15 ޕަސެންޓް ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި 600 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުންކުރާ މީހުންގެ ބިލުން ހަތް ޕަސަންޓާއި ނުވަ ޕަސަންޓް ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ ފިއުލް ސާޗާޖު ކަނޑާލުމާ ގުޅިގެން ކަރަންޓު ބިލަށް އައި ހެޔޮ ބަދަލު މި ޖުލައި މަހު ލިބޭ ބިލުން ނުފެނުނު ނަމަވެސް، އޯގަސްޓް މަހުގެ ބިލުން ފެށިގެން އެކަން ފެނިގެން ދާނެ ކަމަށެވެ.

 

- ކޮމެންޓް