ކ. މާލެ
|
23 މެއި 2023 | އަންގާރަ 19:59
ސްޕެނިޝް ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް، ލުއިސް ރޫބިއަލެސް
ސްޕެނިޝް ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް، ލުއިސް ރޫބިއަލެސް
ރޮއިޓާސް
ވިނީޝިއަސްއަށް ނަސްލީ ތަފާތުކުރުން
ނަސްލީ ތަފާތުކުރުންތައް އުޅޭކަމަށް ސްޕެނިޝް ފުޓުބޯޅަ ފެޑަރޭޝަނުން އެއްބަސްވެއްޖެ
ގިނަ ކުޅުންތެރިންތަކެއް ދަނީ ވިނީޝިއަސް އަށް ހިތްވަރު ދެމުން

މައްސަލަ ހޫނުވެ ގިނަ ބަައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، ސްޕެނިޝް ފުޓުބޯޅައިގައި ނަސްލީ ތަފާތުކުރުން އުޅޭކަމަށް ސްޕެނިޝް ފުޓުބޯޅަ ފެޑަރޭޝަނުން އެއްބަސްވެއެޖެއެވެ.

ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް ނަސްލީ ފުރައްސާރަކުރުމާ ގުޅިގެން ބްރެޒިލްގެ ގިނަ ކުޅުންތެރިންނާއި، އެމްބާޕޭ، ފާޑިންންޑް އަދި ފޯމިއުލާ ވަންގެ ލެވިސް ހެމިލްޓަން ފަދަ މަޝްހޫރު ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔާ، ވިނީޝިއަސްއަށް ހިތްވަރު ދެމުންނެވެ. ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިނީޝިއަސް ވަނީ، ނަސްލީ ތަފާތުކުރުން "ލާއިންސާނީ" ކަމަށް ބުނެ، ސްޕޮންސަރުންނާއި ބްރޯޑްކާސްޓަރުންނަށް ޖަވާބުދާރީ ކުރުވުމަށް އެދިފަ އެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެނިޝް ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް، ލުއިސް ރޫބިއަލެސް ވިދާޅުވީ އެފަދަ މައްސަލަތައް ދެނެގަނެ، ގަބޫލުކުރަން ޖެހޭނެކަމަށެވެ. އަދި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވިއެވެ. ރޫބިއަލެސް އިތުރަށް ވިދާޅުވީ، ވިނީޝިއަސް ދައްކާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށާ، ނަސްލީ ރަފާތުކުރުމާ ދެކޮޅަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސްޕެނިޝް ލީގުގައި ނަސްލީ ތަފާތު ކުރުމަކީ "އާދައިގެ" ކަމެއް ކަމަށް ވިނީޝިއަސް ވަނީ މީގެކުރިން ބުނެފައެވެ.

- ކޮމެންޓް