Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 13:24
ޝައިހް އިމްރާން އަދި ކާނަލް ނާޒިމް އަށް ފަރުވާދިނުމަށްފަހު އަނބުރާ ޖަލަށް ގެންދަން ވެހިކަލް އަށް އަރުވަނީ
ޝައިހް އިމްރާން އަދި ކާނަލް ނާޒިމް އަށް ފަރުވާދިނުމަށްފަހު އަނބުރާ ޖަލަށް ގެންދަން ވެހިކަލް އަށް އަރުވަނީ
ޓްވިޓަރ
އިމްރާން އަދި ނާޒިމް
ޝައިހް އިމްރާން އަދި ކާނަލް ނާޒިމް އަށް އައިޖީއެމްއެޗުން ފަރުވާދެއްވައިފި
ނާޒިމް އަދި އިމްރާން އަށް ފަރުވާދެއްވީ ކޮންކަމާ ގުޅިގެންކަމެއް އަދި ނޭގޭ
ގޭ ބަންދުގައި ބެހެއްޓުމަށްފަހު ނާޒިމް އަދި އިމްރާން ޖަލަށް ގެންދިޔައީ މިދިޔަ ހަފްތާގައި

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދާލަތް ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އަށް ފަރުވާ ދެއްވުމަށްފަހު އަނބުރާ ޖަލަށް ގެންދަވައިފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން އަދި ނާޒިމް އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެގޮތުން އެ ދެ ބޭފުޅުންނަށްވެސް ފަރުވާދިނުމަށްފަހު މާގިނައިރުތަކެއް ނުވަނީސް އަނބުރާ ޖަލަށް ވަނީ ގެންދަވާފައެވެ.

އިމްރާން އަދި ނާޒިމް ޑޮކްޓްރަށް ދައްކާފައިވަނީ ކޮންކަމަކާ ގުލިގެން ކަމެއް އަދި ނޭގެއެވެ. އެހެންނަމަވެސް އެ ދެބޭފުޅުން ހޮސްޕިޓަލަށް ގެންދިޔައި އެކުގައެވެ.

އިމްރާން ޖަލަށްލީ 2015 ވަނަ އަހަރުގެ މެއިޑޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ޓެރެރިޒަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކިކަން އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ. އޭނާގެ މައްޗަށް އިއްވީ 12 އަހަރުގެ ޖަލު ހުކުމެކެވެ.

ޝެއިޚް އިމްރާން ޖަލަށް ބަދަލުކުރި ފަހުން ހައިކޯޓުން ވަނީ އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފަ އެވެ. އިމްރާންގެ މައްސަލަ ވެސް އދ. ގެ ވޯކިން ގްރޫޕަށް ވަނީ ހުށަހަޅާފަ އެވެ.

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރުކޮށް ގެންގުޅުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ނާޒިމް، ގޭ ބަންދުގައި ބަހައްޓާފައި ހުންނަތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން، އަލުން އަނބުރާ ޖަލަށް ގެންދިޔައީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

ނާޒިމްގެ މައްޗަށް ހިންގާފައިވަނީ ޝަރީއަތަކީ އިޖުރާއަތްތަކާ ޚިލާފަށް ހިންގާފައިވާ ޝަރީއަތެއް ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ކަނޑައަޅާފައިވެ އެވެ. އެ ގްރޫޕުން ވަނީ ނާޒިމް ވަގުތުން މިނިވަންކޮށް، ނުހައްގުން ބަންދުން ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. ނާޒިމްގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ މިމަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެސިޓީގައި ބުނެފައިވަނީ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައާ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް