Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 13:23
މެމްބަރު ތޯރިގް
މެމްބަރު ތޯރިގް
މަޖިލިސް
ޕީޕީއެމް
ތޯރިގް ވެސް ޕީޕީއެމުން ވަކިވެއްޖެ
ތޯރިގް ވަނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފަ

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ސަރުކާރު ހިންގާ މައި ޕީޓީ ޕީޕީއެމްއިން ވަކިވެވަޑައިގަންނަވައިފި އެވެ. 

ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން ޕީޕީއެމްއިން ވަކިވި މެމްބަރުންގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހިމެނެ އެވެ. 

އެ މެމްބަރުން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވިއިރު، ސަރުކާރުން ވަނީ ޕާޓީން ވަކިވާ މެމްބަރުންނާއި ޕާޓީން ވަކި ކުރާ މެމްބަރުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. 

މީގެ އިތުރުން ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދި ޕާޓީވެސް ބައިބައިވުން އުފެދިފަ އެވެ. ސަރުކާރާއި ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުންނާ ދެމެދުވެސް ބޮޑެތި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް