ކ. މާލެ
|
23 މެއި 2023 | އަންގާރަ 16:32
ބީޗް ވޮލީ ކޭމްޕުގެ ތެރެއިން
ބީޗް ވޮލީ ކޭމްޕުގެ ތެރެއިން
ސިޑިބަރި
ސްޓާރސް އެކަޑަމީ
ސްޓާރސް އެކަޑަމީގެ ބީޗް ވޮލީބޯޅަ ކޭމްޕް ފަށައިފި
މިި ކޭމްޕުގައި ކޯޗުކަން ކޮށްދޭނީ އެމެރިކާގެ ކޯޗުންތަކެއްް

ސްޓާރސް އެކަޑަމީއާއި އެމެރިކާގެ މަރޖް ވޮލީބޯލް ގުޅިގެން ބީޗް ވޮލީބޯޅަ ކޭމްޕެއް ފަށައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި ކޭމްޕުގެ ސެޝަންތައް ނަގައިދިނުމަށް މަރޖްގެ ފަރާތުން ވަނީ ބިދޭސީ ކޯޗުންނާއި އެތުލީޓުން ރާއްޖެ އައިސްފައެވެ. އޭގެތެރޭގައި ޕްރޮފެޝަނަލް ބީޗް ވޮލީ ކޯޗު، އެމްބަރ މޫރއާއި ޖޯލް ގްރީންފީލްޑްއާއި ނެލް ބުރްކާޓްގެ އިތުރުން ހަ ކޮލެޖު އެތުލީޓުން ހިމެނެއެވެ.

މި ކޭމްޕަކީ 11 އަހަރާ 19 އަހަރާ ދެމެދުގެ, ދެޖިންސުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ކޭމްޕެކެވެ. ބުރާސްފަތި ދުވަހު ސެޝަންތައް ނިންމުމަށްފަހު، ހުރިހާ ބައިވެރިން ހިމެނޭހެން ހުކުރު ދުވަހު ކުޑަ މުބާރާތެއް ކުރިޔަށްދާނެއެވެ. މި ކޭމްޕުން ހޮވާލެވޭ އެއް ކުއްޖަކު، އިންޑިއާގައި އޮންނަ މަރޖް ވޮލީބޯޅަ ކޭމްޕަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓާރސް އެކަޑަމީއަކީ ޒުވާން ގިނަ ކުޅުންތެރިން އުފައްދާ އެކަޑަމީއެކެެވެ. ބާސްކެޓު ކުރިއެރުވުމުގައި މަޝްހޫރުވެފައިވާ މި އެކަޑަމީން ރަސްމީކޮށް ބީޗް ވޮލީބޯޅައަށްވެސް ނިކުތުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް