Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 13:18
މެމްބަރު އަބްދުﷲ ސިނާނު
މެމްބަރު އަބްދުﷲ ސިނާނު
މަޖިލިސް
ޕީޕީއެމް
ސިނާނު ވެސް ޕީޕީއެމުން ވަކިވެއްޖެ
ސިނާނުގެ އިތުރުންވެސް ޕީޕީއެމުން ބައެއް މެމްބަރުން ދަނީ ވަކިވެވަޑައިގަންނަ ވަމުން

މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމުން ވަކިވެވަޑައިގަންވައިފި އެވެ.

 

މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ސިނާނު ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި އޭނާ ޕާޓީން ވަކިވެވަޑައިގަތީ، ވިޕްލައިނާ ހިލާފުވާ މެމްބަރުން ޕާޓީން ވަކިވާ ގޮތަށް ހެދުމަށް، އެޓާނީ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތުމާއި، ޕާޓީގެ އެތެރޭގެ ހިންގުމުގައި ގަބޫލް ނުކުރެވޭ އެތައް ކަމެއް ހުރުމުން ކަމަށެވެ. 

ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ހިމެނިވަޑައިގަންނަވައެވެ.

އިތުރު ތަފްސީލު އަންނަނީ ...

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް