ރައީސް އަބްދުﷲ ޔާމީންގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުން އެ މަނިކުފާނު އަޒުލުކުރުން ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
President Yameen's latest egregious actions regarding the judiciary leave no option but to submit a motion for his impeachment.
— Mohamed Nasheed (@MohamedNasheed) July 10, 2017
މިވަގުތު ސްރީ ލަންކާގައި ހުންނެވި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ފަނޑިޔާރުގެއާ ގުޅޭ ގޮތުން އެންމެ ފަހުން ކުރައްވަމުން ގެންދަވާ ވިޔާނުދާ ކަންކަމުގެ ސަބަބުން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުން ނޫން ގޮތެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިިލީހަށް ވަނީ ހުށަހަޅައިފަ އެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ ހަމައެކަނި މަސީހުއާ ހަމައިން ނިމޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.