ކ. މާލެ
|
22 މެއި 2023 | ހޯމަ 18:10
ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝިއެން ލޫންގް
ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝިއެން ލޫންގް
ވަޔަން
ސިންގަޕޫރުގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވްވުން
ސިންގަޕޫރުގެ ބޮޑުވަޒީރު ކޮވިޑް 19ށް ޕޮޒިޓިވްވެއްޖެ
މިއީ 2020 ވަނަ އަހަރު ކޮވިޑް 19 ފެތުރެން ފެށި ފަހުން ލީއަށް ކޮވިޑްގެ އާލާސްކަންފުޅު ޖެހުނު ފުރަތަމަ ފަހަރު

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝިއެން ލޫންގް ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ 2020 ވަނަ އަހަރު ކޮވިޑް 19 ފެތުރެންފެށިފަހުން ލީއަށް ކޮވިޑްގެ އާލާސްކަންފުޅު ޖެހުނު ފުރަތަމަ ފަހަރެވެ.

އެންޓިޖެން ރެޕިޑް ޓެސްޓްގެ ކޮޕީއެއް ހިއްސާކުރައްވަމުން ހޯމަދުވަހު ހެދުނު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލީ ޝިއެން ލޫންގް ވިދާޅުވީ، އޭނާގެ ސިއްހީ ހާލުކޮޅު އާންމު ގޮތެއްގައި ރަނގަޅުކަމަށާއި ބަލީގެ އަލާމާތް ކެނޑެންދެން އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެންނެވުމަށް ޑޮކްޓަރުން ލަފާ އަރުވާފައިވާކަމަށެވެ. މިކަން ކުރިމަތިވީ ރަސްމީގޮތުން ކުރެއްވި ބައެއް ދަތުފުޅުތަކަކަށްފަހު ކަމަށާއި، ބޭހުގެ އިތުރުން, އޭނާގެ އުމުރުފުޅު ދޮށިވުމުން އެންޓިވައިރަލް މެޑިކޭޝަންވެސް ދީފައިހުރިކަމަށް ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 71 އަހަރުގެ ލީ ވަނީ މިމޭމަހުގެ 14އިން 16އަށް ދެކުނު އެފްރިކާ އަށް، އަދި މޭމަހުގެ 17އިން 19އަށް ކެންޔާއަށް ދަތުރުފުޅުކުރައްވާފައެވެ. އޭގެ ކުރިން ހަމަ މިމަހުގެ 10ން 11އަށް އިންޑޮނީޝިޔާގައި އޮތް "އެސޯސިއޭޝަން އޮފް ސައުތު އޭޝިއަން ނޭޝަންސް ސަމިޓް"ގައި ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ކޮވިޑް 19 ވެކްސިނޭޝަން ބޫސްޓަރ ޑޯޒް އެންމެ ފަހުން ނެންގެވީ ނޮވެމްބަރުމަހު ކަމަށް ވިދާޅުވެ، ސިންގަޕޫރުގެ ރައްޔިތުންވެސް ބަލިން ރައްކާތެރިވުމަށްޓަކައި ބޫސްޓަރ ޑޯޒްތައް އަދާހަމަކުރަމުން ގެންދިއުމަށް ފޭސްބުކް ޕޯސްޓްގައި ލީ އިރުޝާދު ދެއްވާފައިވެއެވެ.

މިމަހުގެ ކުރީ ކޮޅު ވަރލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ، ކޮވިޑް 19އަކީ މިހާރު ގްލޯބަލް ހެލްތު އިމަރޖެންސީއެއް ނޫންކަމަށް ބުނެފައެވެ.   

- ކޮމެންޓް