ކ. މާލެ
|
22 މެއި 2023 | ހޯމަ 15:28
ޔުނައިޓެޑް ގަންނަން އުޅޭ ޝައިހް ޖާސިމް: ވެސްޓްހަމްއާ މެދު ވެސް ޝައުގުވެރިވޭ
ޔުނައިޓެޑް ގަންނަން އުޅޭ ޝައިހް ޖާސިމް: ވެސްޓްހަމްއާ މެދު ވެސް ޝައުގުވެރިވޭ
ގޫގުލް
އިނގިރޭސި ޕްރެމިއާ ލީގް
ޔުނައިޓެޑް ނުލިބިއްޖެނަމަ ޝައިހް ޖާސިމް ވެސްޓްހަމް ގަންނަނީ
 
ޔުނައިޓެޑް ގަތުމަށް އޭނާ ހުށަހަޅާފައިވާ ފަހު އަގަކީ 5 ބިލިއަން ޕައުންޑް

މެންޗެސްޓާ ޔުނައިޓެޑް އޭނާ އަށް ނުވިއްކައިފނަމަ އިނގިރޭސި ޕްރެމިއާ ލީގުގެ 15 ވަނައިގައިވާ ވެސްޓްހަމް ގަތުމަށް ގަތަރުގެ މަހުޖަނު ޝައިހް ހަމަދް ބިން ޖާސިމް ބޭނުންވާ ކަމަށް އިނގިރޭސި މާޑިޔާތަކުން ބުނަން ފަށައިފި އެވެ.

ކޮންމެ ގޮތެއް ހަދާފައިވެސް އިނގިރޭސި ޕްރެމިއާ ލީގުގެ ރަނގަޅު ކުލަބެއް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ޖާސިމް ވަނީ ޔުނައިޓެޑް ގަތުމަށް 5 ބިލިއަން ޑޮލަރުގެ އަގެއް ހުށަހަޅައިފަ އެވެ. ނަމަވެސް އޭނާ އަށްވުރެ ޔުނައިޓެޑް ގަތުމުގެ ރޭހުގެ ކުރީގައި އުޅެނީ އިނގިރޭސި މަހުޖަނު ރަޓްކްލިފެވެ. މީގެ އެންމެބޮޑު ސިއްރަކީ ޔުނައިޓެޑްގެ މިހާރުގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާގެ އާއިލާއަށް ޔުނައިޓެޑްގައި އިތުރު ތިން އަހަރު ނުވަތަ ވަކި ހިއްސާއެއްދޭން ރަޓްކްލިފް ތައްޔާރަށް ހުރުމެވެ.

ޖާސިމް މިހާރުވަނީ ޔުނައިޓެޑް ގަތުމަށް އޭނާ ހުށަހަޅާނެ އެންމެ ފަހު އަގު ހުށަހަޅައިފަ އެވެ. އެއީ ގާތްގަނޑަށް ފަސްބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. މިއަގު ގަބޫލުނުކޮށް އަލުން އަގު ހުށަހަޅަން ހުޅުވާލައިފިނަމަ ޖާސިމް ބިޑްނުކުރާނެ ކަމަށް އޭނާއާ ގާތްފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ ޔުނައިޓެޑް ގަތުމުގެ މަރުހަލާގައި ކަނޑައަޅާފައިވާ ހުރިހާ ބުރެއްގައި ވެސް އަގު ހުށަހަޅައި ފަހުގެ ނިންމުން ނިންމަން ޖެހިފައިވާތީ އެވެ.

ހަމަދް ބިން ޖާސިމް އަކީ ކާކު؟

ހަމަދް ބިން ޖާސިމް އަކީ އޭނާ ބުނާގޮތުން ވަރަށް ކުޑައިރުއްސުރެ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. އުމުރުން 44 އަހަރުގެ ޖާސިމް އަކީ ގަތަރުގެ ކުރީގެ ބޮޑުވަޒީރުގެ ދަރިކަލުންނެވެ. ގަތަރުގެ ޝާހީ އާއިލާގެ އަޑުގަދަނޫން މެންބަރެކެވެ. ތައުލީމް ހާސިލްކުރެއްވީ ގަތަރުގެ ރޯޔަލް މިލިޓަރީ އެކަޑަމީންނެވެ. އޭނާ އަކީ ގަތަރުގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިސްލާމިކް ބޭންކްގެ ޗެއާމަނެވެ. ޔުނައިޓެޑް ގަތުމަށް ހުށަހެޅި ބިޑްގެ ފަހަތުގައިވާ އެންމެ ބޮޑު ހިއްސާދާރަކީ އޭނާ އެވެ. އޭނާގެ ފައުންޑޭޝަންގެ ނަމަކީ ނައިންޓޫ ފައުންޑޭޝަނެވެ. މި ނަމަކީ 1992 ވަނަ އަހަރު އޭނާ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރަކަށް ވުމާއި ޔުނައިޓެޑްގެ ކްލާސްއޮފް 92ގެ ކުޅުންތެރިންގެ ބެޗާ ގުޅުވައިގެން ދީފައިވާ ނަމެކެވެ. ޖާސިމްގެ ނައިންޓޫ ފައުންޑޭޝަނުން ބޭނުންވަނީ ޔުނައިޓެޑް ދަރަނި ފިލުވައި މުޅި ކުލަބުގެ ކޮންޓްރޯލެވެ. އެއަށްފަހު ޓީމު ވަރުގަދަކޮށް، ޓްރޭނިން ސެންޓަރުތަކާއި ޕާކްތަކާއި ކުލަބުގެ އުމްރާނީ ވަސީލްތަތްތައް މިހާރަށްވުރެ ތަނަވަސް ކުރުމެވެ.

ޖާސިމް އަކީ ޝާހީ އާއިލާގެ މަޑުމައިތިރި މެންބަރެކެވެ. އޭނާގެ މިލްކިއްޔާތުގައި 42 ބިލިއަން ޕައުންޑްވެ އެވެ. ޔުނައިޓެޑް ގަތުމަށް އޭނާ ހުށަހަޅުއްވާފައިވަނީ 5 ބިލިއަން ޕައުންޑެވެ. ބިޑް ކާމިޔާބުވެއްޖެނަމަ މިއީ ކުޅިވަރު ކުލަބެއް ވިއްކާނެ އެންމެ ބޮޑު އަގުކަމަށްވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް