ކ. މާލެ
|
22 މެއި 2023 | ހޯމަ 12:56
މެޗު ނިމުމަށްފަހު ނަޕޯލީ އުފާ ފާޅުކުރަނީ
މެޗު ނިމުމަށްފަހު ނަޕޯލީ އުފާ ފާޅުކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ޗެމްޕިއަން ނަޕޯލީ އިން އިންޓަމިލާން މައްޗަށް ކުރިހޯދައިފި
 
މި ސީޒަނުގައި ނަޕޯލީ އިން ވަނީ ލީގުގެ ހުރިހާ ޓީމެއް ބަލިކޮށްފަ

އިޓާލިއަން ލީގުގައި، ޗެމްޕިއަން ނަޕޯލީ އިން އިންޓަމިލާންގެ މައްޗަށް ކުރި ހޯދައިފިއެވެ.

އާދިއްތަ ދުވަހު ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީ އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އިންޓަގެ ރޮބާޓޯ ގަގްލިއާޑިނީ ވަނީ ދެ ރީންދޫ ހަމަވުމުން ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ދެވަނަ ހާފު އިންޓަ އިން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ނަޕޯލީގެ ޒަމްބޯ އަންގުއިސާ ވަނީ ނަޕޯލީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިތަ އިންޓަ އަށް އުއްމީދެއް ލިބުނީ 82 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ޖެހި ލަނޑާއެކުއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ނަޕޯލީގެ ޖިއޮވާނީ ޑި ލޮރެންޒޯ ވަނީ ލަނޑެއްް ޖަހާ ނަޕޯލީ އަނެއްކާވެސް ކުރިހޯދަދީފައެވެ. މެޗުގެ އިތުރު ވަގުތުގައި ނަޕޯލީ އަށް ލީޑު ފުޅާކޮށްދިނީ ޖިއަންލޫކާ ގައިޓާނޯ އެވެ.

އިންޓަ ބަލިކުރުމާއެކު ނަޕޯލީ އިން ވަނީ މި ސީޒަނުގައި ލީގުގައި ވާދަކުރާ ހުރިހާ ޓޭމިއް ބަލިކޮށްފައެވެ. މިއީ ނަޕޯލީގެ ދިގު ތާރީހުގައި، އެއް ސީޒަނެއްގައި ހުރިހާ ޓީމެއް ބަލިކުރި ހަމައެކަނި ފަހަރެވެ. ނަޕޯލީ އެއްވަނައިގައި އޮތީ 86 ޕޮއިންޓު ލިބި، 17 ޕޮއިންޓުގެ ތަފާތަކާއެކުއެވެ. މެޗުން ބަލިވި އިންޓަމިލާން އޮތީ 66 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.

ޑިއެގޯ މެރެޑޯނާ ނަޕޯލީގައި ތަށި ނެގި ފަހުން ފުރަތަމަ ފަހަރަށް ނަޕޯލީ އަށް ލީގު ތަށި ނެގުނީ މި ސީޒަނުގައެވެ. އިންޓަމިލާން ވަނީ 13 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް