ކ. މާލެ
|
21 މެއި 2023 | އާދީއްތަ 22:32
އަލްވަރޭޒްގެ ލަނޑާއެކު ކޯޗު ގާޑިއޯލާ ސަޕޯޓަރުންނާ ކުރިމަތިލައިގެން އުފާފާޅުކުރަނީ
އަލްވަރޭޒްގެ ލަނޑާއެކު ކޯޗު ގާޑިއޯލާ ސަޕޯޓަރުންނާ ކުރިމަތިލައިގެން އުފާފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ޗެލްސީ ބަލިކޮށް، މެންޗެސްޓަރ ސިޓީން އުފާފާޅުކޮށްފި
 
ސިޓީން ޗެލްސީ ބަލިކުރީ 1-0 ން

ޗެލްސީ ބަލިކޮށް, މެންޗެސްޓަރ ސިޓީން ލީގު ޗެމްޕިއަންކަމުގެ އުފާފާޅުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނިކުތް އިރުވެސް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައިވާ ސިޓީން ޗެލްސީ ބަލިކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ޖެހީ އާޖެންޓީނާގެ ފޯވާޑް އަލްވާރޭޒްއެވެ. މެޗުގެ ފަހު ކަށިގަނޑާއެކު ސިޓީގެ ސަޕޯޓަރުން ދަނޑަށް އަރާ އުފާފާޅުރަން ފެށުމުން ސެކިއުރިޓީން ވަނީ ވަރަށް އަވަހަށް ކުޅުންތެރިން ޗޭންޖިންގ ރޫމަށް ވައްދާފައެވެ. މެޗަށް ކޯޗު ގާޑިއޯލާ ނެރުނީ ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގައި ރެއާލް މެޑްރިޑް ބަލިކުރި އެގާރައަށް ނުވަ ބަދަލެއް ގެނެސްގެން އެކުލަވާލި އެގާރައެކެވެ. ހާލަންޑާއި, ކެވިން ޑެ ބުރޫނޭއާއި, ޖޯން ސްޓޯން ސްޓޯންސްއާއި, ރޮޑްރީއަށް ދެވަނަ ހާފްގައި ފުރުޞަތު ދިނެވެ. އެކަމަކު ބާނާޑޯ ސިލްވާއާއި, ގުންޑޮގާންއާއި, ރުބެން ޑިއާޒްއާއި, ގްރީލިޝްއާއި, ކީޕަރު އެޑާސަންއަށް މެޗުގެ އެއްވެސް ހިސާބަކުން ފުރުޞަތެއް ނުދެއެވެ.

ސިޓީން ލީގު ކަށަވަރުކުރީ ބާކީ ތިން މެޗު އޮއްވައެވެ. އަދިވެސް ލީގުގައި ސިޓީއަށް ދެ މެޗު އެބައޮތެވެ. މިއީ ވިދިވިދިގެން ސިޓީން ލީގު ހޯދި ތިންވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް