ކ. މާލެ
|
21 މެއި 2023 | އާދީއްތަ 07:46
ބަސެލޯނާއިން ލީގު ތަށްޓާއެކު އުފާ ފާޅުކުރަނީ: ފޮޓޯ-ބާސެލޯނާ
ބަސެލޯނާއިން ލީގު ތަށްޓާއެކު އުފާ ފާޅުކުރަނީ: ފޮޓޯ-ބާސެލޯނާ
ސްޕެނިޝް ލަލީގާ
ބާސެލޯނާއިން ލީގު ތަށި އުފުލާލީ ބައްޔަކަށްފަހު
ރެއާލް ސޮސިއެޑާޑް އަތުން ބަލިވީ 2-1 ން

ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްގެން ނުކުމެ, ރެއާލް ސޮސިއެޑާޑް އަތުން ބާސެލޯނާ ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ބަލިވީ 2-1 ނެވެ. މެޗަށްފަހު ބާސެލޯނާއިން ވަނީ ސަޕޯޓަރުންގެ ކުރިމަތީގައި ލީގުގެ ތަށި އުފުލާލާ, އުފާފާޅުކޮށްފައެވެ. 2-1 ން ބަލިވި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ ރެއާލް ސޮސިއެޑާޑުން ދެ ގޯލްގެ ލީޑެއް ނަގާފައި ވަނިކޮށެވެ. ބާސާގެ ލަނޑު ޖެހީ ލެވާންޑޯސްކީއެވެ. މެޗުގައި ސޮސިއެޑާޑުން ލީޑް ނެގީ ފަސްވަނަ މިނެޓުގައި މެރީނޯ ޖެހި ލަނޑުންނެވެ. ދެވަނަ ހާފްގައި ލީޑް ފުޅާކޮށްދިނީ ސޯލޯތުއެވެ.

ބާސާއަށް ލީގު ޗެމްޕިއަންކަން މި ހޯދުނީ 2019 ވަނަ އަހަރުގެ ފަހުންނެވެ. ލީގު ޗެމްޕިއަންކަން ހޯދައިދިނީ ބާސާގެ ކުރީގެ ކާމިޔާބު މިޑްފީލްޑަރ ޒަވީއެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު ބާކީ ހަތަރު މެޗު އޮތެވެ.

މެޗުން މޮޅުވި ރެއާލް ސޮސިއެޑާޑް އޮތީ ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭ ހިސާބުގައި, ހަތަރު ވަނާގައެވެ. އެއީ ފަސްވަނާގައި އޮތް ވިޔަރެއާލްއަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

- ކޮމެންޓް