Advertisement
ކ. މާލެ
|
20 މެއި 2023 | ހޮނިހިރު 14:44
ގެވެށިއަނިޔާގެ ލިބޭނަމަ ހަނުހުރެގެން ނުވާނެ
ގެވެށިއަނިޔާގެ ލިބޭނަމަ ހަނުހުރެގެން ނުވާނެ
ފާތިމަތު ޝަނާ މުހައްމަދު
ގެވެށި އަނިޔާ އަދި ޖިންސީ ކުށްތަކުގެ މައްސަލަ
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ގެވެށިއަނިޔާގެ 57 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 69 މައްސަލަ ތަހުގީގުކޮށްފައިވޭ
ކުޑަކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ 36 މައްސަލަ، ހަށިވިއްކުމުގެ 5 މައްސަލަ ތަހުގީގުކޮށްފައިވޭ
ގެވެށިއަނިޔާގެ 146 މައްސަލަ ރިޕޯޓުކޮށްފައިވޭ
ގެވެށިއަނިޔާގެ 57 މައްސަލަ ރަޖިސްޓަރކޮށްފައިވާއިރު، 13 މައްސަލަ ނިންމާފައިވޭ

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ގެވެށިއަނިޔާގެ 57 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 69 މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ގެވެށިއަނިޔާގެ 146 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، 57 މައްސަލަ ރަޖިސްޓަރކޮށްފައިވާ ކަމަށެވެ. 13 މައްސަލަ ނިންމާފައިވާއިރު، 2 މައްސަލައެއް ވަނީ ނުބަލަން ނިންމާފައެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުން 32 ކޭސް، އައްޑޫ ސިޓީން 2 ކޭސް އަދި ފުވައްމުލަށް ސިޓީން އެއް ކޭސް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޖިންސީ ކުށްތަކުގެ 69 ކޭސް ތަހުގީގުކޮށްފައިވާ ކަމަށެވެ.

Advertisement

އެއީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ 36 މައްސަލަ، ހަށިވިއްކުމުގެ 5 މައްސަލަ، ޖިންސީގޯނާކުރުމުގެ 6 މައްސަލަ އަދި އެހެނިހެން ޖިންސީކުށްތަކާއި ގުޅޭ 22 މައްސަލަ އެވެ.

ފުލުހުން ބުނީ ޖިންސީ ކުށްތަކުގެ 119 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، 69 މައްސަލަ ރަޖިސްޓަރކޮށްފައިވާ ކަަމަށެވެ. 5 މައްސަލަ ނިންމާފައިވާއިރު، 22 މައްސަލައެއް ވަނީ ނުބަލަން ނިންމާފައެވެ. އަދި ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް އެއް މައްސަލަ ފޮނުވާފައިވެއެވެ.

ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓުކޮށްފައިވާ ސަރަހައްދުތަކަށް ބަލާއިރު، މާލެ ސިޓީން 32 މައްސަލަ، އައްޑޫ ސިޓީން 4 މައްސަލަ، ފުވައްމުލަށް ސިޓީން 2 މައްސަލަ، ކުޅުދުއްފުށި ސިޓީން 3 މައްސަލަ އަދި އެހެނިހެން ރަށްތަކުން 28 މައްސަލަ ހުށަހަޅާފައިވެއެވެ.

މިފަދަ މައްސަލަތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. އަދި މިފަދަ އަނިޔާއެއް ލިބޭ ކަމަށް ވާނަމަ ނުވަތަ އަނިޔާދޭކަން އެނގޭ ކަމަށްވާނަމަ ސިއްރުނުކޮށް އެމައްސަލަ ކަމާގުޅޭ ހުރިހާ އިދާރާއަކަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް