Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 03:14
ރައީސް މައުމޫނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް ޓީވީ ޗެނަލްއަކުން ދެއްކި މަންޒަރެއްގެ ސްކްރީން ޝޮޓެއް
ރައީސް މައުމޫނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް ޓީވީ ޗެނަލްއަކުން ދެއްކި މަންޒަރެއްގެ ސްކްރީން ޝޮޓެއް
ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ރައީސް މައުމޫން
ޗެނަލް 13 ގެ "ނަނާހުވަފެނުން" ރައީސް މައުމޫނުގެ އަބުރު ނުގެއްލޭތަ؟ ބްރޯޑްކޮމް އަށް ފާޑުކިޔުން އޮއްސާލައިފި
އެ ޗެނަލްގެ މި އަމަލާއިމެދު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވަރަށްބޮޑަށް ފާޑުކިޔަމުން
ބްރޯޑްކާސްޓިން ކޮމިޝަނަށް މި މަންޒަރުތައް ނުފެނޭތޯ ގިނަ ބަޔަކު ސުވާލުކުރޭ
ދުވަހަކުވެސް ބަޔަކު ނުކުރާވަރުގެ ދަށު ދަރަޖައިގެ އަމލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ މިކަން ސިފަކޮށްފަ

ޗެނަލް 13 އިން ރޭ ދެއްކި "ނަނާހުވަފެން" ޕްރޮގްރާމުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އަބުރުފުޅު ގެއްލޭފަދަ ކޮންޓެންޓްތައް ހިމަނާފައިވާތީ، ގިނަ ބައެއްގެ ފާޑުކިޔުން އެ ޗެނެލަށާއި، ބްރޯޑްކާސްޓިން ކޮމިޝަނަށް އޮއްސާލައިފި އެވެ. 

 

ހޯމަ ދުވަހުގެ ރޭ ގެނެސްދިން މި ޕްރޮގްރާމް ބެލި ބައެއް މީހުން ޕްރޮގްރާމްގެ ސްކްރީން ޝޮޓްތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ޝުއޫރުތައް ފާޅުކުރަމުންނެވެ. އަދި މީޑިއާތަކުގެ ބެލެނި  ވެރި ފަރާތުގެ ގޮތުގައި އޮންނަ، މޯލްޑްވްސް ބްރޯޑްކާސްޓިން ކޮމިޝަނަށްވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު  ކުރައްވާފައިވާ ޓްވީޓެއްގައި އެ މަންޒަރުތައް ދެއްކި ޗެނަލަށް ނިސްބަތްކޮށް ވިދާޅުވީ، މި ދަރަޖައަށް ޗެނަލްއެއްގެ ހާލަތު ދިޔައިރު، މީޑިއާ ރެގިއުލޭޓްކުރުމުގެ ޒިންމާ ހަވާލުކުރި ބްރޯޑްކާސްޓިން ކޮމިޝަން ކޮބައިތޯއެވެ؟

އެ ޗެނަލްގެ މި އަމަލާމެދު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ތަކެއް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުއްﷲ ހިލްމީ ވިދާޅުވީ، "މީ އަޅުގަނޑުމެނގެ ހާލަތު. ދެން ފުކެއް ބޮޑުވަރު. އަބުރު އަދިވެސް އަބުރު ދެންވެސް އަބުރު. ބްރޯޑްކޮމްއަށް ވަރަށް ވެދުން" އެވެ.

ރައްޔިތުންގެ މަޖިލީހުގެ  އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، " ކޮބާ އަބުރުގެ ގާނޫނު. ކޮބާ ބްރޯޑްކާސްޓިން ކޮމިޝަން. ކޮބާ މީޑިއާ ކައުންސިލް. ރާއްޖެޓީވީ ފަހާދުވުން ދޯ އަދިވެސް އޮތީ. ލަދެއް ނުގަނޭ" އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު ވަނީ، ބްރޯޑްކާސްޓިން ކޮމިޝަނަށް މިފަދަ ކަންކަން ނުފެންނަމަ ފެންނަންވީ ރައްޔިތުންގެ މަޖިލީހަށް ތޯ ސުވާލުކުރައްވާފައެވެ. އަދި ފެންނަނީ ވަކި ބަޔަކު އެކަން ކުރުމުންތޯ ވައްޑެ ވަނީ ސުވާލުކުރައްވާފައެވެ.

ސަރުކާރުގެ މަދަދު ލިބިގެން ހިންގާ މި ޓީވީ ޗެނަލްއިން ކުރީގެ ރައީސް މައުމޫނަށް ހުތުރު އެއްޗެހި ގޮވާ، މަންޒަރުތައް ދެއްކުމުން ސޯޝަލް މީޑިއާގައި އެކަމާ ފާޑުކީ ބައެއް ފަރާތްތަކުން ބުނެފައިވަނީ، ބްރޯޑްކާސްޓިން ކޮމިޝަނަށް އެ މަންޒަރުތައް ނުފެންނާނެކަމަށާއި ފިޔަވަޅެއްވެސް ނާޅާނޭކަމަށެވެ.  ފިޔަވަޅު އަޅަން އެނގެނީ ވަކި ޗެނަލްއަކާމެދު ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މި ކަމަކީ ދުވަހަކުވެސް ބަޔަކު ނުކުރާވަރުގެ ދަށު ދަރަޖައިގެ އަމލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ މިކަން ސިފަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 ޖުލައި 2017 | ހޯމަ 14:33
ލޫސީ
ބޮޑުވަރު ތިދެން
10 ޖުލައި 2017 | ހޯމަ 11:32
ަާޖަމޒ
ނޯ ޕޮރޮބްލަމް އެއްނު... މައުމޫން ބުނެފަ އޮތީ އަބުރު ދައުވާއެއް ނުކުރާނަމޭ .... ސުމައިލްްްް