Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 01:12
މަރާމާރީ ހިންގާފައިވަނީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން
މަރާމާރީ ހިންގާފައިވަނީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން
މުހައްމަދު ޝަރުހާން
މާރާމާރީ
ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ، ފިލަން ދަނިކޮށް އެކްސިޑެންޓްވެ ހޮސްޕިޓަލަށް!
ޒަޚަމްވި މީހާ ވަނީ ހޮސްޕިޓަލަށް ގެންދެވިފައި
މަރާމާރީ ހިންގި މީހާ ވަނީ އެކްސިޑެންޓްވެގެން ހޮސްޕިޓަލަށް ގެންދެވިފައި

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ. ޒުވާނާއަށް ހަމަލާދީފައިވަނީ، އާދިއްތަ ދުވަހުގެރޭ މެންދަމު 12.30 ހާއިރުކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ، ހަމަލާދިން މީހާ އެ އަމަލު ހިންގުމަށްފަހު ސައިކަލަށް އަރައި ދުއްވައިލިތަނުން އެކްސިޑެންޓް ވުމުން އެނާ ވަގުތުން ސިފައިންގެ ސެނެހިޔާ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

އަދި އަނިޔާ ލިބުނު މީހާވެސް މިހާރު ހޮސްޕިޓަލަށް ގެންދެވިފައިކަމަށްވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި ހަމަލާއަކީ، ހޮނިހިރު ދުވަހުގެރޭ  ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.

މި މާރާމާރީއާއި ގުޅިގެން ފުލުހުންނަށް ގުޅާލުމުން ވިދާޅުވީ، "ޖެހޭނީ ޗެކްކޮށްލަން" ކަމަށެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް